ރިޒް ކާލްޓަން މޯލްޑިވްސް

ރިޒް ކާލްޓަން ފަރި އައިލެންޑް ރިސޯޓު ހުޅުވުން ޖޫންގައި

Apr 22, 2021

ރިޒް- ކާލަންޓަން ބްރޭންޑުން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓު ކަމަށްވާ ފަރި އައިލެންޑް ޖޫންގައި ހުޅުވަން ތައްޔާރީތައް ވެއްޖެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ބްރޭންޑް ކަމަށްވާ ރިޒް ކާލްޓަން އިން ރާއްޖޭގައި ފަޅެއް ހިއްކައިގެން ހަދާ ފަރިއައިލެންޑުގައި 100 ވިލާ ހުންނާނެ އެވެ. މި ރިސޯޓު ފަރުމާކޮށްފައި ވަނީ ދިވެހި ސަގާފީ ގިނަ ކުލަ ތަކެއް ވެސް ފެނިގެންދާނެ ގޮތަކަށެވެ. އަދި ރަށުގެ ބައެއް ސީނިއާ މަގާމުތަކަށް ދިވެހިން ވެސް ނަގައިގެނެވެ.

ރިޒް ކާލްޓަންގެ ފަރި އައިލެންޑުގައި ހާއްސަ ސިފަތަކާއެކު "ދަ ރިޒް ކާލްޓަން އެސްޓޭޓް" ގެ ނަން ދީފާއިވާ ބޮޑު ވިލާއެއް ހުންނާނެ އެވެ. މި ވިލާ ހާއްސަކޮށްފައި ވަނީ އެކްސްކްލޫސިވް ގިނަ ހިދުމަތް ތަކެއް ލިބޭނެ ގޮތަކަށެވެ. މި ވިލާގައި ޕްރައިވެޓް ބީޗެއް ވެސް އޮންނާނެ އެވެ. މީގެ އިތުރުން ސުވިމިން ޕޫލާއި ސްޕާ ވެސް ހުންނާނެ އެވެ. އަދި އެތަނަށް ދާ މީހުންނަށް ހާއްސަ ވެގެން ހިދުމަތް ދޭނެ ޝެފެއް ވެސް ހުންނާނެ އެވެ.

ޓޫރިޒަމްގެ ބިޔަ މި މަޝްރޫއު ހިންގާ ފަޅުގައި ރިޒް ކާލަންޓަންގެ އިތުރުން އިތުރު ތިން ރިސޯޓެއް ހުޅުވާފަ އެވެ. މި ރިސޯޓް ތަކަކީ ވެސް ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ރިސޯޓު ތަކެވެ. މި ފަޅުގައި ހުޅުވާ އެހެން ރިސޯޓު ތަކަކީ ރިޒް ކާލްޓަން މޯލްޑިވްސް އާއި ޕަޓީނާ މޯލްޑިވްސް އަދި ކަޕެލާ މޯލްޑިވްސް އެވެ. މި ރިސޯޓުތަކުގެ ތެރެއިން ކަޕެއްލާ މޯލްޑިވްސްގައި 57 ވިލާ އަދި ޕަޓީނާ މޯލްޑިވްސްގައި 90 ވިލާ ހުރެ އެވެ.

އިންޓަގްރޭޑެޓް މި ތިން ރިސޯޓަކީ މާލެ އަތޮޅު އެނބޫދޫ ފަޅުގައި ހުޅުވި ކްރޮސް ރޯޑް މޯލްޑިވްސް އާއި އިތާފުށި ފަޅުގައި ހުޅުވި ރިސޯޓު ނަގާފަ ދެން ހުޅުވާ ރިސޯޓު ހެދުމުގެ އެންމެ ބޮޑު މަޝްރޫ އެވެ. މި މަޝްރޫއަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ޓޫރިޒަމްގެ ބިޔަ މަޝްރޫއެކެވެ.