މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

މާފުށީ ޖަލުގައި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

އާންމުންނަށް ހުޅުވާލައިގެން މާފުށީ ޖަލުގައި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

މާފުށީ ޖަލާއި އެމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ) ގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މޯލްޑިވްސް ބްރައިޑަލް ސާވިސް ގުޅިގެން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމް މިއަދު ފެށީ މާފުށީ ޖަލު ލެކްޗާހޯލްގަ އެވެ. އަދި މި ޕްރޮގްރާމުގައި މާފުށީ ޖަލުގެ މުވައްޒިފުންނަށާއި އާމު ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފާވެ އެވެ.

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިސަން ހަސަން ޒިލާލް ވިދާޅުވީ ލޭގެ މައްސަލައަކީ ވަރަށް ގިނަ މީހުންނަށް ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ ކަމެއް ކަމަށާއި މިފަދަ އެހީތެރިކަމެއް މޯލްޑިވްސް ކަރެކްޝަނަލް ސަވިސްގެ ފަރާތުން އެފަރާތްތަކަށް ދިނުމަކީ މުއައްސަސާ ކުރިއަށް ގެންދިއުމަށް ލިބޭ ބޮޑު ހިތްވަރެއް ކަމަށެެވެ.

ލޭ ހަދިޔާ ކުރުމުގައި ގައިދީން ބައިވެރިއެއް ނުކުރެ އެވެ.