ދުނިޔެ

ސިންގަޕޫރުން އިންޑޮނީޝިއާ ސަބްމެރީން ހޯދަނީ

އިންޑޮނީޝިއާ އަސްކަރީ ތަމްރީން ތަކެއްގައި ބައިވެރިވި ސަބްމެރީނެއް ގެއްލިގެން ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި އަވައްޓެރި ގައުމުތަކުން، އޮސްޓްރޭލިއާ އާއި ސިންގަޕޫރުން އެހީތެރި ކަމަށް ވަނީ އެދިފަ އެވެ.

ސިންގަޕޫރުގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ ސަބްމެރީން ހޯދަން ރެސްކިޔޫ އުޅަނދުތައް ފޮނުވާފައިވާ ކަމަށާއި އިންޑޮނީޝިއާއަށް އެހީތެރި ވެދެއްވާނެ ކަމަށެވެ.

އެ ވަޒީރު ވިދާޅުވީ އިތުރު އުޅަނދު ބޭނުންވާނަމަ ވެސް ފޮނުއްވާނެ ކަމަށާއި މެޑިކަލް ޓީމެއް ވެސް ފޮނުވައި ދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ އޮޕަރޭޝަން ހިންގަވާނީ ގައުމުތައް ގުޅިގެން ކަމަށެވެ.

ސަބްމެރީން ގެއްލިގެން ބުދަ ދުވަހު ރިޕޯޓް ކުރިއިރު ދަތުރު ކުރަމުން ދިއައީ 2،300 ފޫޓު އަޑިން ކަމަށް ވެއެވެ. ސަބްމެރީންގައި ތިބި 50 މީހުން ރައްކާތެރިކަމާއެކު އެެއްގަން ކުރުމަކީ އެންމެ ބޮޑު ވިސްނުން ކަމަށް ސިންގަޕޫރުން ބުނެ އެވެ.

ރޮއިޓާސް ބުނާ ގޮތުން ސަބްމެރީންއާ މުއާސަލާތު ގެއްލުނު ހިސާބުން އިންޑޮނީޝިއާ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި ވައިގެ މަގުން ކަނޑުގައި ތެޔޮ ހުރި ސަރަހައްދުތައް ހޯދާއި ސޯނާ ސްކޭން ކުރަމުންނެވެ.