ޖޯ ބައިޑަން

"އެއްވެސް ގައުމަކަށް މިއީ އެކަނިކުރެވޭނެ ކަމެއްނޫން"

އެމެރިކާގެ ރައީސް ޖޯ ބައިޑަން އިންޓަނޭޝަނަލް ވާޗުއަލް ކްލައިމެޓް ސަމިޓް ހުޅުވައި ދެއްވައިފި އެވެ. ބައިޑަން ވިދާޅުވީ މޫސުމީ ބަދަލުތައް ހައްލު ކުރުމަކީ އެއްވެސް ގައުމަކަށް އެކަނި ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށެވެ.

"އަޅާނުލައިފި ނަމަ ދާނީ ގެއްލުން ބޮޑުވަމުން، ކުރަންޖެހޭ ހޭދަ ވެސް އިތުރުވަމުން" ބައިޑަން ވިދާޅުވި އެވެ. ރައީސް ބައިޑަން ވިދާޅުވީ މޫސުމަށް ބަދަލު އަންނަކަން ސައިންސުން ފެނިވަޑައިގަންނަވާ ކަމަށެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ލީޑާސް ސަމިޓް އޮން ކްލައިމެޓްގައި ވާހަކަފުޅު ދައްކަވަމުން ގައުމުތަކުގެ ލީޑަރުންގެ ކިބައިން ބައިޑަން އެދިވަޑައިގަތީ މިހާރުން މިހާރަށް ފިޔަވަޅު އެޅުއްވުމަށެވެ. އަދި ވަސީލަތްތައް ހުރި ގައުމުތަކުން އިންވެސްޓް ކުރެވެން ހުރި ގައުމުތަކުން އަމަލީ ގޮތުން ހަރަކާތްތެރިވުން ލަސް ނުކުރެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

ބައިޑަން ވިދާޅުވީ މޫސުމާ ބީރައްޓެހި މަސައްކަތްތަކާ އެމެރިކާ ދުރުހެލިވާނެ ކަމަށާއި އެމެރިކާގެ ވިސްނުމަކީ މިހާރު ވިހަ ގޭސް އުފެދޭ މިންވަރު ކުރިއަށް އޮތް 10 އަހަރު ތެރޭގައި ދެބައިކުޅަ އެއްބަޔަށް ދަށްކުރުން ކަމަށެވެ. އެނޫން ގޮތަކަށް "ނެޓް-ޒީރޯ އެމިޝަން" -- ސިނާއީ މަސައްކަތްތަކުގެ ސަބަބުން އުފެދޭ ވިހަ ގޭސްތައް ހަމަ އެމިންވަރަށް ނައްތާލެވިފައި އޮތް އިގުތިސޯދެއް 2050 ލައިގަތުމުގެ ކުރިން އެމެރިކާއަށް ކޮޅަށް ނުޖެހޭނެ ކަމަށެވެ.

ބައިޑަން ވިދާޅުވީ ދުނިޔޭގެ ނިސްބަތުން ޖައްވަށް ވިހަގޭސް ބޭރުވާ މިންވަރު އެމެރިކާ ހިއްސާވަނީ 15 ޕަސެންޓް ކަމަށާއި މިއީ އެއްވެސް ގައުމަކަށް އެކަނި ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރުން މިހާރަށް ކުރަންޖެހިފައި އޮތް ކަމަކީ މީހުން ހޭލުންތެރި ކުރުވުން" ބައިޑަން ވިދާޅުވި އެވެ. އަދި ވިދާޅުވީ ތިމާވެއްޓާ ރައްޓެހި ވަސީލަތްތައް އުފައްދައި އާންމު ކުރަން ޖެހިފައިވާ ކަމަށެވެ.