ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލ. މާންދޫ

މާންދޫ މޮނިޓަރިންއަށް

އިންޑަސްޓްރިއަލް މަސައްކަތް ހިނގާ ލ. މާންދޫއަށް އަރާ ފޭބުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންއަށް އެ ރަށް ގެނެސްފި އެވެ.

އެޗްޕީއޭއިން ބުނީ މާންދޫއަށް އަރާ ފޭބުން މަނާކުރީ އެ ރަށުން ކޮވިޑް ކޭހެއް ފެނުމާއި ގުޅިގެން ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެ ރަށް އޮންނާނީ އެޗްޕީއޭގެ މޮނިޓަރިންގައި ކަމަށް ބުނެފައިވެއެވެ.

އަތޮޅުތެރޭގެ ރަށްތަކުން ކޮވިޑް ކޭސް ފެންނަ މިންވަރު އިތުރުވެފައިވާއިރު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 27،084 އަށް އަރާފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،939 މީހުންނެވެ. މިހާތަނަށް 24،065 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 71 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 62 ދިވެހިންނާއި 8 ބިދޭސީއެކެވެ. މިއީ މި މަހުގެ ހަތަރުވަނަ މަރެވެ.