ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އޭދަފުށި

އޭދަފުށީގެ ޕޮޒިޓިވް ނަންބަރު 37 އަށް

ބ. އޭދަފުށިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 37 އަށް އަރައިފި އެވެ.

އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުން ބުނީ އިއްޔެ އެ ރަށުން އިތުުރު 25 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެހެން ކަމުން އެ ރަށުގެ ޕޮޒިޓިވް ނަންބަރު ވަނީ 37 އަށް އަރާފައެވެ. ޕޮޒިޓިވް މީހުންގެ ތެރެއިން އެކަކަށް ފަރުވާ ދެނީ ކޮވިޑް ފެސިލިޓީގައެވެ.

ކޮވިޑް ކޭސްތަކާއި ގުޅިގެން އޭދަފުށިން ވަނީ 452 މީހެއްގެ ސާމްޕަލް ނަގާފައެވެ. އޭގެ ތެރެއިން 392 މީހެއްގެ ނަތީޖާ ނެގެޓިވް އެވެ. ނަތީޖާ ނުލިބޭ 23 ސާމްްޕަލެއް ވެއެވެ.

އަތޮޅުތެރޭގެ ރަށްތަކުން ކޮވިޑް ކޭސް ފެންނަ މިންވަރު އިތުރުވެފައިވާއިރު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 27،084 އަށް އަރާފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،939 މީހުންނެވެ. މިހާތަނަށް 24،065 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 71 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 62 ދިވެހިންނާއި 8 ބިދޭސީއެކެވެ. މިއީ މި މަހުގެ ހަތަރުވަނަ މަރެވެ.