އއ. މަތިވެރިން އިތުރު ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެ ރަށުން ބަލި ޖެހުނު މީހުންގެ އަދަދު 65 އަށް އަރައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ މިއަދު ޕޮޒިޓިވްވި މީހުންނާއެކު މަތިވެރި ކްލަސްޓާއިން 65 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިދިޔަ ދެތިން ދުވަހު އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މަތިވެރިންނެވެ.
އެ ރަށުން ފުރަތަމަ މީހަކު ޕޮޒިޓިވްވެ އެޗްޕީއޭގެ މޮނިޓަރިންއަށް ގެނައީ 21 ވަނަ ދުވަހު އެވެ. އެ ރަށުން ފުރަތަމަ ޕޮޒިޓިވްވީ ނ. ހޮޅުދޫއަށް ދަތުރުކުރި މީހެކެވެ.
މަތިވެރީގެ އިތުރުން ދެން އެންމެ ގިނަ ކޭސް ފެނިފައިވަނީ މާފުށިންނެވެ. އެ ރަށުން 42 މީހަކު ޕޮޒިޓިވްވެފައިވެއެވެ. ބ. އޭދަފުށިން 25 މީހަކު އަދި ތ. ވޭމަންޑޫއިން 14 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
އަތޮޅުތެރޭގައި މިވަގުތު 179 އެކްޓިވް ކޭސް ހުރިިއިރު އޭގެ ތެރޭގައި އިންޑަސްޓްރިއަލް މަސައްކަތް ހިނގާ މާންދޫގައި 10 މީހަކު އަދި ތިލަފުށިން މީހަކު ޕޮޒިޓިވްވެފައިވެއެވެ.