ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މަތިވެރި

މަތިވެރި ކްލަސްޓާ: 171 މީހަކު ޕޮޒިޓިވް

އއ. މަތިވެރިން 171 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިރޭ ބުނީ ކޮވިޑްގެ ހާލަތު ގޯސް މަތިވެރިން މިއަދުވެސް 46 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު އެ ރަށުން 171 މީހަކަށް ވަނީ ބަލިޖެހިފައެވެ.

މަތިވެރިން ފުރަތަމަ ކޭހެއް ފެނުނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. އެ ދުވަހު 10 މީހަކު ޕޮޒިޓިވްވިއެވެ. 22 ވަނަ ދުވަހު ނުވަ މީހަކު އަދި 23 ވަނަ ދުވަހު 65 މީހަކު ޕޮޒިޓިވްވިއެވެ. އަދި އެ ކްލަސްޓާއާ ގުޅުންހުރި އިތުރު ދެ މީހަކު ޕޮޒިޓިވްވިއެވެ. އެ މީހުން ޕޮޒިޓިވްވެފައިވަނީ ހދ. ހަނިމާދޫއިންނެވެ.

24 ވަނަ ދުވަހު 36 މީހަކު އަދި ފަންސަވީސްވަނަ ދުވަހު ތިން މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މަތިވެރީގެ ޕޮޒިޓިވް ކޭސްތަކާއި ގުޅުންހުރި 84 މީހަކު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ކަމަށް ހެލްތުން ބުންޏެވެ.