ދުނިޔެ

ބައިޑަން ގައުމުން ބޭރަށް، ޔޫކޭއާ ބެލްޖިއަމަށް

އެމެރިކާގެ ރައީސް ޖޯ ބައިޑަން ރައީސް ކަމުގައި ގައުމުން ބޭރަށް ވަޑައިގަންނަވަނީ އެވެ. ރައީސްކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ބައިޑަން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހާއްސަކޮށްފައި ވަނީ އިނގިރޭސިވިލާތަށާއި ބެލްޖިއަމަށެވެ.

ވައިޓް ހައުސްއިން ނޫސްތަކަށް މައުލޫމާތު ދެމުން ޕްރެސް ސެކްރެޓަރީ ޖެން ސާކީ ވިދާޅުވީ އިނގިރޭސިވިލާތުގައި ޖޫން 11 އިން 13 އަށް އޮންނަ ޖީ7 ސަމިޓްގައި ބައިޑަން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. އެއަށް ފަހު ޔޫރަޕަށް ވަޑައިގެން ނޭޓޯ ވެރިންނާ ޖޫން 14 ގައި ބައްދަލު ކުރައްވާނެ ކަމަށެވެ.

ބައިޑަން ޖީ7 ސަމިޓްގައި ބައިވެރިންނާ ބައްދަލު ކުރައްވައި ދުނިޔޭގެ މަޝްރަހާ މެދު ވާހަކަ ދައްކަވާނެ އެވެ. އަދި ދޭދޭ ގައުމުތަކުގެ މެދުގައި މަސްލަހަތު ގެއްލިފައި ހުރި ކަންތައްތަކަށް ވެސް އަލި އަޅުއްވާލައް ވާނެ އެވެ.

ނޭޓޯގެ ވެރިންނާ ބައްދަލު ކުރައްވައި ދުނިޔެ ބެލެހެއްޓުމަށް ބާރުތައް އެކުލަވާލެއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ އިރު އެމެރިކާއާ ޔޫރަޕުން ދުނިޔޭގެ އެހެން ގައުމުތަކާ މެދު ގެންގުޅޭ ޕޮލިސީ އަލުން އެކުލަވާލެއްވުމަށް ވެސް އެދިވަޑައިގަންނަވާނެ އެވެ.