އެސްޓީއޯ

ކާޑު ބަސްތާތަކެއް ދަށުވެ ތިން މީހަކަށް އަނިޔާވެއްޖެ

Apr 24, 2021

ކާޑު ބަސްތާތަކެއް ދަށުވެ ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

މި ހާދިސާ ހިނގީ ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ ކާޑު ގުދަނުގަ އެވެ.

އެސްޓީއޯގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ ގުދަނުގައި ހުރި ކާޑު ބަސްތާތަކެއް ފުރޮޅާލާ ތިން މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެކެއްގެ ހާލު ދެރައެވެ. ނަމަވެސް އަބްދުﷲ ވިދާޅުވީ ފަރުވާ ދެމުންދާ ތިން މީހުންގެ ހާލަތާ ގުޅޭގޮތުން ޑޮކްޓަރުން އަދި ވަކި އެއްޗެއް ނުބުނާ ކަމަށެވެ.