ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގދ. ތިނަދޫ

ތިނަދޫވެސް ބަންދު ކޮށްފި

ގދ. ތިނަދޫއަށް އަރާ ފޭބުން މަނާކޮށް އެ ރަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިން އަށް ލައިފި އެވެ.

ތިނަދޫ މޮނިޓަރިންއަަށް ގެނެސްފައިވަނީ އެ ރަށުން ކޮވިޑްގެ ޕޮޒިޓިވް ކޭހެއް ފެނުމާއި ގުޅިގެންނެވެ. އެޗްޕީއޭ އިން ބުނީ އެ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެ ރަށަށް އަރާ ފޭބުން މަނާކޮށްފައިވާ ކަމަށެވެ.

ރާއްޖެއިން އިތުރު 218 މީހަކު މިއަދު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެ މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 27،621 އަށް އަރާފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 3،307 މީހުންނެވެ. މިހާތަނަށް 24،234 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 71 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 62 ދިވެހިންނާއި 8 ބިދޭސީއެކެވެ. މިއީ މި މަހުގެ ހަތަރުވަނަ މަރެވެ.

އިއްޔެ ރާއްޖެއިން ވަނީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެފައެވެ. އިއްޔެ 319 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއެވެ.