ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޕޮޒިޓިވް ތިން މީހަކު ވިހޭ 3 ކުއްޖަކު ވެންޓިލޭޓަރުގައި

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މާބަނޑު ތިން މީހަކު ވިހެއި ތިން ކުއްޖަކު އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި އޮތް ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކުދިންގެ ކޮވިޑް ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް އެއީ ކޮންޓެކްޓުންނަށްވާތީ ފަރުވާ ދޭން ޖެހެނީ އެކުދިން އެހެން މީހުންނާ ވަކިކޮށްގެން ވަކި ކިއުބިކަލްތަކެއްގައި ކަމަށެވެ.

އެޗްއޯސީގެ ޑޮކްޓަރުންގެ ޓީމުގައި ވެސް މަސައްކަތް ކުރައްވާ ފައިސަލް ވިދާޅުވީ ބަލި ބޮޑުވެފައިވާ މި ހާލަތުގައި ބައްޔަށް ފަރުވާ ދިނުމަށް އެކަށީގެންވާ ވަރަށް ނަރުހުންނާއި އާލާތްތައް ރާއްޖޭގައި ނެތް ކަމަށެވެ.

"އެކަށީގެންވާ ވަރަށް ނަރުހުން، މެޝިން، އެއްޗެހި ނެތް، ހާލަތު ގޯސް!" ފައިސަލް ވިދާޅުވި އެވެ.

ރާއްޖެއިން އިއްޔެ ވަނީ 218 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އިއްޔެ ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ބަލީގެ ނަންބަރު ވަނީ 27،621 އަށް އަރާފަ އެވެ.