ރައީސް މުހައްމަދު ނަޝީދު

މިއީ މީޒާން ގެއްލިފައިވާ މަޖިލީހެއް ނޫން: ރައީސް ނަޝީދު

މިހާރުގެ ރައްޔިތުންގެ މަޖިލީހަކީ މީޒާން ގެއްލިފައިވާ މަޖިލީހެއް ނޫން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރަން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެގި 4.4 ބިލިއަން ރުފިޔާގެ އޯވަޑްރާފްޓްގެ މުއްދަތު އިތުރު ކޮށްދިނުމަށް މިއަދު ބޭއްވި ހާއްސަ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އޯވަޑްރޯ ފަދަ މައްސަލަތައް ކުރިއަށް ގެންދާނީ މަޖިލީހުގެ ގާނޫނާ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.

އެ މައްސަލައަކީ ހާއްސަ މައްސަލައަކަށް ވެފައި އެކަން ކުރިއަށް ގެންދިޔަ ދިޔަ ގޮތުން ބައެއް މެމްބަރުން ޖަޒުބާތުގައި ޖެހިވަޑައިގެން އެ މެމްބަރުންގެ ހިތްޕުޅުގައި ތަކުގައި ނުތަނަވަސްކަމެއް އޮތް ކަން ފާހަގަ ކުރެއްވުނު ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވި އެވެ.

"އެހެން ނަމަވެސް އިއްޒަތްތެރި މެމްބަރުންނަށް އެނގިވަޑައިގަންނަވަން ޖެހޭނީ މިއީ މީޒާން ގެއްލިފައިވާ މަޖިލީހެއް ނޫންކަމާއި އަދި މި މަޖިލީހުގެ އަމާޒު މި މަޖިލީސް ހިފާނެ ކަމާއި ފުރިހަމަ ރާސްތާގައި އިރާދަ ކުރެއްވިއްޔާ މި މަޖްލިސް
ގޮސް މީގެ މަންޒިލަށް ގޮސް ހުއްޓޭނެކަން." ރައީސް ނަޝީދު ވިދާޅުވި އެވެ.

އޯވާޑްރާފްޓްގެ މުއްދަތު އިތުރުކޮށް ދޭން އެދުމާ ގުޅިގެން އެކަން ބަލައި ދިރާސާ ކުރީ މަޖިލީހުން އެކުލަވާލި ހާއްސަ ކޮމެޓީ އަކުން ނެވެ. އަދި މިދިޔަ ބުދަ ދުވަހު އެ ކޮމެޓީން ނިންމީ އޯވާ ޑްރޯގެ މުއްދަތު އިތުރުކޮށްދޭ ށެވެ.

އެ ކޮމެޓީ އެކުލަވާލީ ވެސް ދެ ފަހަރެއްގެ މަތިން ބަހުސް ކުރުމަށް ފަހު އެވެ. އެ ކޮމެޓީގައި ކިނބިދޫ ދާއިރާގެ މެންބަރު އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒް ނުހިމެނެ އެވެ. އޯވާ ޑްރޯގެ މުއްދަތު އިތުރުކޮށް ދިނުމަށް ކޮމެޓީން ރުހުން ދިނުމުން އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ފެންނަކަމަށް 47 މެމްބަރަކު ވޯޓު ދެއްވި އެވެ. އެކަމާ ގުޅޭ ގޮތުން މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ބަހުސްގައި އިދިކޮޅު ޕީޕީއެމްގެ މެމްބަރުންގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒު ވެސް ވިއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ މާދަމާ ހެނދުނު 10:30 ގައެވެ.