އެސްޓީއޯ

ކާޑު ބަަސްތާތަކެއް ދަށުވި އެކަކުގެ އޮޕަރޭޝަނެއް ކޮށްފި

ހުޅުމާލޭގައި ހުންނަ އެސްޓީއޯ، ސަރުކާރު ފިހާރައިގެ ކާޑު ގުދަނުކުން ފުރޮޅައިލިު ކާޑު ބަސްތާތަކެއް ދަށުވެ އަނިޔާވި މީހުންގެ ތެރެއިން އެކަކުގެ އޮޕަޜޭޝަނެއް ކޮށްފި އެވެ.

އިއްޔެ ހިނގި އެ ހާދިސާގައި ތިން މީހަކަށް އަނިޔާވި އެވެ. އެއީ މުޅިން ވެސް ބިދޭސީ ލޭބަރުން ނެވެ. ނަމަވެސް އޭގެ ތެރެއިން ދެ މީހަކަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ރޭ ވަނީ ދޫކޮށްލައިފަ އެވެ.

އެސްޓީއޯގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ އެ ހާދިސާގައި އެންމެ ބޮޑަށް އަނިޔާވި މީހާ އައިޖީއެމްއެޗަށް ބަދަލުކޮށް ރޭ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ. އެ އޮޕަރޭޝަންގެ ތަފްސީލެއް އެސްޓީއޯއިން ނުދެ އެވެ. އޭނާ މި ވަގުތު އޮތީ އޮބްޒަވޭޝަންގަ އެވެ.

އަބްދުﷲ ވިދާޅުވީ އޮޕަރޭޝަން ކުރި މީހާގެ ހާލު އިތުރަށް ގޯސްނުވާ ކަމަށެވެ.