ލައިފްސްޓައިލް

39 އަހަރުގައި ކާފަ ކިއުމުން ސުވާލު އުފައްދައިފި

Apr 26, 2021
3

ކާފަ ނުވަތަ މާމަ އޭ ބުނީމަ ހިތަށް އަރަނީ ކީކޭ ހެއްޔެވެ؟ ނުރަ އިސްތަށިގަނޑެއް ލާފައި ހުރި ދުވަސްވީ މީހެއް ދޯއެވެ؟ އުމުރުން 39 އަހަރުގެ މީހަކު އޭނާއަކީ ކާފައެކޭ ބުނީމަ ގިނަ ބަޔަކު އެކަމާ ސުވާލު ކުރަން ފެށީ އެމީހާ ބަލާ ބެލުމަށް ވެސް ޒުވާން ކަމުންނެވެ.

ޓިކްޓޮކްގައި ޝެއާކުރި ވީޑިއޯއެއްގައި ކާލް ޕައޯލީ ހުރީ ބުއްފުޅިއެއް ހިފައިގެނެވެ. ތުއްތު ބޭބީއެއް ގޮވައިގެން އޭނާގެ އަންހެނުން އިންދާ ވެސް ފެނެ އެވެ. ކާލް އެ ބުއްފުޅި ގެންގޮސް އޭނާގެ އަންހެނުންނަށް ދެއެވެ. ވީޑިއޯއަށް ބަލާލުމުން ހީވަނީ އެއީ ކާލް އާއި އޭނާގެ އަންހެނުންގެ ދަރިފުޅެއް ހެނެވެ. ނަމަވެސް ވީޑިއޯގެ ކެޕްޝަންގައި ކާލް ލިޔެފައި ވަނީ އޭނާއަކީ ކުއްޖާގެ ކާފަ ކަމަށެވެ.

"އޭ މަޑުކޮށްބަލަ! ކާފަ އޭ؟" މިހާ ޅަ މީހަކު ކާފައަކަށްވީ ގޮތް ނޭނގިގެން މި ވީޑިއޯއަށް ކޮމެންޓުކުރި އެކަކު ބުނެފައި ވެއެވެ.

ދެ ވަނަ މީހަކު ބުނީ އޭނާ ހީކުރީ ކާލްއަކީ 25 އަހަރުގެ ޒުވާނެއް ކަމަށެވެ. އެހެންވެ ކުއްލިއަކަށް ކާފަ ދަރިފުޅެކޭ ކިޔާފައި ކުއްޖަކު ދެއްކީމަ ހައިރާންވީ އެވެ. އިތުރު މީހަކު ކާލް ކުރެން އޭނާގެ އުމުރުން ކިހާ ވަރެއްތޯ ސުވާލު ކުރި އެވެ. މި މީހާއަށް ޖަވާބު ދެމުން ކާލް ބުނީ އޭނާގެ އުމުރުން 39 އަހަރު ކަމަށެވެ.

އަދި އޭނާ އެހާ ޅަ އުމުރުގައި ކާފައަކަށް ވީގޮތް ވެސް ކާލް ބުނެދިނެވެ.

އޭނާ ބުނި ގޮތުގައި 39 އަހަރުގައި އޭނާ ކާފައަކަށްވީ ކުއްޖެއްގެ ފޮސްޓާ ޕޭރަންޓްސް އަށް ވާން އޭނާ އާއި އަންހެނުން ބޭނުން ވެގެން މީގެ އަހަރުތަކެއް ކުރިން އެމީހުން ގެންގުޅުނު ކުއްޖަކަށް ކުއްޖެއް ލިބިގެންނެވެ.

"އަހަރެމެން އެ ކުއްޖާ އެޑޮޕްޓްކުރިއިރު އޭނާގެ އުމުރުން 17 އަހަރު. މިހާރު އޭނާއަށް 23 އަހަރު ފުރިއްޖެ. އަދި ކައިވެނިކޮށް ދަރިއަކު ވެސް ލިބިއްޖެ. އެހެންވީމާ އެ ކުއްޖާ ވަނީ އަހަރެމެންގެ މާމަ އަދި ކާފަ ދަރިއަކަށްނު ދޯ،؟ ކާލް އޮޅުންފިލުވައި ދިނެވެ.