ވަޅި ހެރުން

ގއ. މާމެންދޫގައި ބިދޭސީއެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި

Nov 8, 2015
2
ގދ. މާމެންދޫ: މިރޭ ވަޅި ހަރާ ޒަހަމްކޮށްލާފައި ވަނީ އެ ރަށުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއެއްގެ ގަޔަށް
0%
0%
0%

ގއ. މާމެންދޫގައި ބިދޭސީއެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.

އެ ރަށުގައި މަސައްކަތް ކުރަމުން އައި އެމީހާއާ ބަޔަކު ދިމާކޮށްލައި ވަޅިން ހަަމާލާދީ ޒަހަމްކޮށްލާފައި ވަނީ މިރޭ އިރާކޮޅު އެވެ.

ފުލުހުން ބުނީ އެ ރަށުގައި އެފަދަ ހާދިސާއެއް ހިނގި ކަމުގެ މައުލޫމާތު ލިބިގެން ފުލުހުންގެ ޓީމެއް އެރަށަށް ދަތުރު ކުރަމުންދާ ކަމަށާއި އެ ހަމަލާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 10:20 ގައި ކަމަށެވެ.

ބަނގުލަދޭޝްގެ އެ މީހާގެ ދެ އަތުގެ ދެ ތަނަކަށް ވަޅި ހަރާ ޒަހަމްކޮށްލާފައިވާއިރު އޭނާއަށް ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ އެ އަތޮޅު ވިލިނގިއްޔަށް ގެންގޮސްފައެވެ.

މި ހަމަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު އެ މީހާއަށް ހަމަލާ ދިނީ ކީއްވެގެން ކަމެއް ވެސް ސާފެއް ނުވެއެވެ.

މާމެންދައި މި ހަމަލާ ދިން އިރު އައްޑޫ ސިޓީގެ މަރަދޫ ފޭދޫގައި މީގެ 13 ދުވަސް ކުރިން މީހެއްގެ ބުރަކައްޓަށް ވަޅިހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލި އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345