ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ނައިޖީރިއާގައި ކޮވިޑްގައި މީހަކު މަރުނުވާތާ 12 ދުވަސް

ނައިޖީރިއާގައި ކޮވިޑްގެ ހާލަތު ތައްކަތުވަމުން އަންނަ ކަމަށް ރިޕޯޓްކޮށްފި އެވެ. އާދިއްތަ ދުވަހު ކޮވިޑް އަލަށް ޖެހުނު ކަމަށް ކަނޑައަޅާފައި ވަނީ 51 މީހުންނަށެވެ. އަދި ފާއިތުވެދިޔަ 12 ދުވަހު ކޮވިޑާ ގުޅުން ހުރި މަރެއް ރެކޯޑްކުރެވިފައި ނުވާ ކަމަށް އެގައުމުން ބުނެ އެވެ.

ނައިޖީރިއާ ސެންޓާ ފޮ ޑިސީޒް ކޮންޓްރޯލްއިން ބުނާ ގޮތުން 36 ސްޓޭޓްގެ އާބާދީގައި މިހާތަށް 164،684 މީހުންނަށް ކޮވިޑްޖެހި، 154،687 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި މަރުވެފައި ވަނީ 2،064 މީހުންނެވެ.

ނައިޖީރިއާއިން ބުނީ ފެބްރުއަރީ 27، 2020 އިން ފެށިގެން މިހާތަނަށް 1.87 މިލިއަން ކޮވިޑް ޓެސްޓް ހެދިފައިވާ ކަމަށާއި އާންމުނަށް ދޭ ނަސޭހަތަކީ އެމީހަކު އުޅޭ ތަނެއް ޑިސްއިންފެކްޓްކުރުން ކަމަށެވެ. އަދި ބުނީ ވައިރަސް ފެތުރުމާ ބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުވާ ކަމަށެވެ.

ނައިޖީރިއާގައި ވެކްސިންދޭން ފެށިފަހުން 1.167 މީހުންނަށް ކޮވިޑް ވެކްސިން ދެވިފައިވާ ކަމަށް ނޭޝަނަލް ޕްރައިމަރީ ހެލްތު ކެއާ ޑިވެލޮޕްމަންޓް އޭޖެންސީއިން ބުނެ އެވެ.