އޮބިޗުއަރީ

ނޫރައްދީނުގެ އަނބިކަނބަލުން ނާސިރާ އަވަހާރަވެއްޖެ

އަލްއަމީރު މުހައްމަދު ނޫރައްދީން (ނ.ޢ.ޢ.ވ) ގެ އަނބިކަނބަލުން މާފަންނު ތާނގީދޮށުގޭ ފާތިމަތު ނާސިރާ އަވަހާރަވެއްޖެ އެވެ.

އެކަމަނާ އަވަހާރަވީ ވަރަށް ބޮޑަށް އާލާސްކަންފުޅާ އުޅުއްވުމަށް ފަހު މިރޭގެ ވަގުތެއްގައި އުމުރުފުޅުން 87 އަހަރުގައެވެ.

ފާތިމަތު ނާސިރާގެ ޖަނާޒާ އޮތީ މިރޭ އިޝާ ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.

ފާތިމަތު ނާސިރާގެ ބޭފުޅުންގެ ތެރޭގައި ޔޫރޯ ސްޓޯރުގެ ވެރިޔާ އިސްމާއީލް ނޫރައްދީން އާއި އަހުމަދު މާހިރު އަދި މުހައްމަދު މާހިރު ފާހަގަކޮށްލެވެއެވެ. ޔުނިވާސަލް އެންޓަޕްރައިޒަސް ގެ ޗެއާމަން މުހައްމަދު އުމަރު މަނިކަކީ ނާސިރާގެ ކޮއްކޯފުޅެކެވެ.