އޮބިޗުއަރީ

މިއުޒިކާއި ކުޅިވަރުގައި ވިދާލި ރިޒާ ނިޔާވެއްޖެ

Nov 24, 2021
1

މިއުޒިކީ ލެޖެންޑް އަދި ކުޅިވަރުގެ ދަނޑުގައިވެސް ބޮޑު މަޝްހޫރުކަމެއް ހޯދި އަހުމަދު ރިޒާ (ތަރަބޫޒު ރިޒާ) މިއަދު ނިޔާވެއްޖެ އެވެ.

އުމުރުން 67 އަހަރުގައި ރިޒާ ނިޔާވީ ހިތުގެ ސީރިއަސް މައްސަލަތަކަކަށް ފަރުވާ ހޯދަމުންދާތާ ވަރަށް ގިނަ އަހަރުތަކަކަށް ފަހު އެވެ. އޭނާ ނިޔާވީ ހާލު ގޯސްވެ ރޭގެ ވަގުތެއްގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. ރެއިން ފެށިގެން ރިޒާ އޮންނެވީ ވެންޓިލޭޓަރުގައެވެ.

ރިޒާއަކީ މިއުޒިކުގެ ދާއިރާގައި ވަރަށް ފާހަގަކޮށްލެވޭ ފަންނާނެކެވެ. ލަވަ ކިޔުމުގައިވެސް ބޮޑު މަޝްހޫރު ކަމެއް ހޯއްދެވިއެވެ. އަދި އަމިއްލަ ބޭންޑެއް އުފައްދައިގެން ދެމުން ދިޔަ ޝޯތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

ކުޅިވަރުގައިވެސް އޭނާގެ ނަން ހާއްސައެވެ. އެއީ މޮޅު ރެފްރީއެކެވެ. ލައިސްމަނެކެވެ. ފުޓްބޯޅަ ކުޅުންތެރިއެކެވެ. އަދި ހޮކީގައިވެސް ވިދާލިއެވެ.

ރިޒާގެ ޖަނާޒާ އޮތީ މިރޭ އިޝާ ނަމާދަށް ފަހު އާސަހަރާއެވެ.