އެޑްވަޓޯރިއަލް

އަކްފިކްސް އޭ40: ދަބަރު ގުޑުވާލާ ގަދަ ބާރު

Apr 28, 2021

ގޭގައި ހުންނަ ބައެއް ތަކެތީގެ ދަބަރު ޖެހުމަކީ އާއްމު ކަމެކެވެ. މެޝިން ފަދަ ތަކެތީގައި ދަބަރާއި ދަމިލަ ޖެހުމުން އެ ފިލުވާލަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. އެހާމެ ވަގުތު ވެސް ނަގަ އެވެ. އެކަމަށް ހާސްބައި ފަސޭހަ ކޮށްދޭ މޮޅު އުފެއްދުމެއް ސްލިމް ފިޓިން މިހާރު އެބަ ވިއްކަ އެވެ. އެއީ "އަކްފިކްސް އޭ40" އެވެ. "އަކްފިކްސް އޭ40" ގެ މޮޅު ކަމަކީ ކޮބައި ހެއްޔެވެ؟

ސްލިމް ފިޓިންގެ މި ޕްރޮޑަކްޓް "އަކްފިކްސް އޭ40" އިން ދަބަރު ފިލުވާލަން ނަގާނީ މަދު ސިކުންތު ކޮޅެކެވެ. މިއީ އޭގެ އަސަރު ފެންނަ ވަރުގަދަ ސްޕްރޭ އެކެވެ. މި ސްޕްރޭ ބޭނުން ކުރަނީ ދަގަނޑު ސާމާނު ސާފުކޮށް، ރައްކާތެރި ކުރުމަށެވެ. ވަޑާން ކުރުމަށާއި ގޭތެރޭގައި ގެންގުޅޭ ދަގަނޑު ސާމާނާއި އުޅަނދު ފަހަރު ސާފު ކުރުމަށް "އަކްފިކްސް އޭ40" އަކީ އެންމެ ރަނގަޅު ޕްރޮޑަކްޓެވެ. ބޭނުން ނުކޮށް ގިނަ ދުވަސް ވުމުން ބާރުވެފައި ހުންނަ ތަކެތި ދޫކޮށްލުމަށާއި ދަގަނޑުގައި ޖަހާފައި ހުންނަ ދަބަރު ފިލުވައިލުމަށް ވެސް "އަކްފިކްސް އޭ40" ބޭނުން ކޮށްލެވި ދާނެ އެވެ.

މި އުފެއްދުމަކީ ހަމައެކަނި ދަމިލަ ނޫނީ ދަބަރު ފިލުވަން ހާއްސަ އެއްޗެއް ނޫނެވެ. ކޮންމެ ކަހަލަ އުޅަނދެއް ވެސް ސާފުކޮށްލަން "އަކްފިކްސް އޭ40" އަކީ އެންމެ ފުދޭ އެއް އުފެއްދުމެވެ. ދަބަރު ފިލުވުމަށާއި ދަބަރުން ރައްކާތެރި ކޮށްދިނުމަށާއި ލުބްރިކެންޓެއްގެ ގޮތުގައި ވެސް މިއީ ބޭނުން ކުރެވިދާނެ ޕްރޮޑަކްޓެކެވެ.

އަކްފިކްސް އަކީ ޔޫރަޕްގެ މޮޅު އުފެއްދުމެވެ. ދެހާސް އެއްވަނަ ވަނަ އަހަރު އުފެއްދި މި ބްރޭންޑަކީ ތިމާވެއްޓާއި ރަހުމަތްތެރި އީކޯ-ފްރެންޑްލީ ކެމިކަލް ބޭނުން ކޮށްގެން ތައްޔާރު ކޮށްފައިވާ ބާވަތްތަކަށްވުމަކީ އޮތް އުފަލެކެވެ. އެހެންވެ މިހާރު މި އުފެއްދުން ވެފައިވަނީ ރާއްޖޭގައި މަގުބޫލުކަން ހޯދާފައިވާ އިތުބާރު ބޮޑު ބްރޭންޑަކަށެވެ.

ސްލިމް ފިޓިން އިން "އަކްފިކްސް" ގެ ގިނަ ބާވަތް ތަކެއް ރާއްޖޭގައި ވިއްކަމުންނެވެ.

އަކްފިކްސްގެ އެހެން ބާވަތްތައް

  • އެދޭސިވް ތެރަަސް ސީލެންޓްސް
  • ސިލިކޯން ޕީޔޫ ފޯމްސް
  • ޓެކްނިކަލް އެރޯސަލްސް
  • ވޯޓާޕްރޫފް ކުރުމަށް ބޭނުންކުރާ ކެމިކަލް
  • އިންސިއުލޭޓަށް ބޭނުންކުރާ ކެމިކަލް
  • ފޯމް އޮޓޯމޯޓިވް އާފްޓާ ކެއާ
  • ސްޕްރޭ ޕެއިންޓް

އަކްފިކްސް އަކީ އިމާރާތްކުރުމާއި ކޮންސްޓްރަކްޝަން މަސައްކަތްތަކުގައި ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނެސްދިނުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ ބްރޭންޑެކެވެ. މީގެ އިތުރުން ކްރާފްޓް މަސައްކަތް ކުރާ ފަރާތްތަކަށާއި ލަކުޑީގެ މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ ތެރަސް ސްލިމް ފިޓްގައި މިހާރު ލިބެން އެބަހުއްޓެވެ.

ސްލިމް ފިޓިން އަކީ ދުނިޔޭގައި މަޝްހޫރު އެތައް ބްރޭންޑެއްގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓާ އެވެ. އެގޮތުން ސްލިމް ބްރޭންޑްގެ ހޮޅިއާާއި ފިޓިންގްސްގެ އިތުރުން ޖަރުމަނުގެ ޕަވަޓޫލްސް އަދި ހޭންޑް ޓޫލްސް އަށް ހާއްސަ ރޮނިކްސް ބްރޭންޑް، ޖަރުމަނުގެ ޝަވަރާއި އިސްކުރަށް ހާއްސަ ޑީއެންޑްކޭ ބްރޭންޑް އަދި ލެޑް ލައިޓަށް ހާއްސަ ކެއު ބްރޭންޑް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. އެ ނޫން ވެސް ގިނަ ބްރޭންޑެއްގެ ޕްރޮޑަކްޓް ހޯލްސޭލް އަދި ރީޓޭލްކޮށް ސްލިމް ފިޓިން އިން ލިބެން ހުރެ އެވެ.