އަބްދުﷲ ޒިޔަތު

ޒިޔަތުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

Nov 8, 2015
3
އަބްދުﷲ ޒިޔަތު: ދެވަނަ ފަހަރަށް ވަނީ ބަންދު ޖަހާފައި
0%
0%
0%

ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކާއި އެެހެން ވެސް ބައެއް ތުހުމަތުތަކާއެކު ހައްޔަރުކޮށްފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ބަންދުގެ މުއްދަތުރު އިތުރުކޮށްފި އެވެ.

މިފަހަރު ޒިޔަތުގެ ބަންދަށް ދިނީ ވެސް 15 ދުވަހެވެ. އެންމެ ފުރަތަމަ ޒިޔަތު ހައްޔަރު ކުރުމަށްފަހު ދިން 15 ދުވަހުގެ މުއްދަތު އޭނާގެ ފަރާތުން ހައިކޯޓްގައި އިސްތިއުނާ ކުރުމުން ހައިކޯޓުން ވަނީ ދަށު ކޯޓްގެ ނިންމުމަށް ތާއީދުކޮށްފައެވެ.

ޒިޔަތު ބަންދުކޮށް ދެވަނަ ފަހަރަށް ބަންދުގެ މުއްދަތު ޖަހައި ތަހުގީގު ކުރަމުންދާއިރު އޭނާ ހުންނެވި މަގާމުން ވަކި ކުރައްވާފައެއް އަދި ނުވެއެވެ.

ޒިޔަތުގެ ތަހުގީގު ކުރިޔަށްދާއިރު އޭނާ ހިންގަވަމުން އައި އެމްއެމްޕީއާރްސީއަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީން ވެރި ކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން އެތަނުގެ މައްސަލަ ފެންމަތި ވުމާ ހަމައަށް، އެ އޮފީހުގެ އޮޑިޓެއް ހަދަން ރައީސް އޮފީހުން ވަނީ އޮޑިޓާ ޖެނެރަލް އަށް އަންގާފަ އެވެ.

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތަކީ އަބްދުﷲ ޒިޔަތުގެ ބޭބެ އެވެ. އޮޑިޓާ ޖެނެރަލް ވިދާޅުވެފައި ވަނީ އެ އޮޑިޓްގައި އެމަނިކުފާނު ބައިވެރިވެ ވަޑައި ނުގެން ކުރިޔަށް ގެންދާނީ މިނިވަން ކަމާއެކުގައި ކަމަށެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ބަލަންވީ

ދިވެހިސަރުކާރުގެ ތެރޭން ކަރަޕްޝަން ނައްތާލުމަށް ޓަކައި ސަރުކާރުން އެބަޖެހޭ ވަރަށް ރަނގަޅަށް މިކަން ކުރައްވަން. އެގޮތުން ސަރުކާރުން ހައްދަވަން ޖެހޭ ގޮތަކީ ސަރުކާރުގެ އަމިއްލަ ޑިޒައިން ސާރވިސް އާއި އަދި ކޮންސަލްޓަންސީ ސާރވިސް ދޭ ސަރުކާރާއި އަދި ކޮލިޓީ ކަރަޕްޝަން ކުޑަ ގައުމު ތައް ކަމަށްވާ ސިންގަޕޫރު ނުވަތަ ޖަޕާނުގެ ޑިޒައިނިންގް އެންޑް ކޮންސަލްޓަންސީގެ ޚިދްމަތް ދޭ ވޯލްޑް ކްލާސް ފެންވަރުގެ ކުންފުންނަކާއި އެކު ޖޮއިންޓް ވެންޗަރ އެއް ހަދައިގެން ސަރުކާރުގެ ޕްރޮޖެކްޓްސް ތައް ޑިޒައިން ކޮށް އަދި ކޮންސަލްޓަންސީ ދީ އަދި ޕްރޮޖެކްޓްސް ތައް މެނޭޖް ކުރާ ގޮތަށް ކުރިއަށް ގެންދަންވީއެވެ. ކޮންމެ ޕްރޮޖެކްޓް އެއް ގެ 10 އިން ސައްތަ އަކީ އެއީ ކޮންސަލްޓަންސީ ސާރވިސް ކޯސްޓް އެވެ. ސަރުކާރުގެ ޕްރޮޖެކްޓްސް ތައް ޑިޒައިން ކޮށް އަދި ބިޑިންގް ޑޮކިއުމަންޓްސް ތައް ތައްޔާރު ކޮށް އަދި ޕްރޮޖެކްޓް އިމްޕްލިމެންޓިންގް ސްޓޭޖް ގައި އިންސްޕެކްޓް ކޮށް އަދި ޕްރޮޖެކްޓް މެނޭޖް ކުރާނީ އެއީ ސަރުކާރުގެ ޑިޒައިން އަދި ކޮންސަލްޓަންސީ ސާރވިސްދޭ ކުންފުނިންނެވެ. އެއިރުން ދެން ޒިޔަތު މެން މިގަންނަ ގަނޑު ސަރުކާރަށް އިނގޭނެ ނޫންތޯ އެއިރުން ކުރީބައިގައި..

ނުވާނެދޯ

ކަރަޕްޝަންގެ މައްސަލައިގައި ޒިޔަތު ހައްޔަރުކޮށްފައިވާ އިރު އިނގޭހާވެސް އެއްޗަކީ އެމްއެމްޕީއާރުސީން ވަނީ ނާޖާއިޒު ގޮތެއްގައި ވަރަށް ގިނަ އަދަދެއްގެ ފައިސާ ޓޫރިޒަމް މިނިސްޓްރީ ތެރޭން ނަގާފައި ކަމަށެވެ. އެމްއެމްޕީއާރު ސީ އަކަށް ނޫން ފަޅު ރަށް ތައް ވިއްކާފައި ފައިސާ ދައްކަން ޖެހޭނީ. އެފައިސާ ދައްކަން ޖެހޭނީ ފިނޭންސް މިނިސްޓްރީ އަށެވެ. އެކަމަކު އެކަން ހިނގީ އެއާއި ޚިލާފަށެވެ. އަދި މީގެ އިތުރުން އެމްއެމްޕީއާރުސީ އާއި ހަވާލުކޮށްފައިވާ ގެސްޓް ހައުސް އައިލެންޑް ވެސް ދުވަހަކު ވެސް އެތަނުން ހެދިދާނެ ކަމާއި މެދު ޝައްކެވެ. އެކަން ސަރުކާރުން ހަވާލު ކުރައްވާ އެމްޓީސީސީ އާއި އެކަން ސަރުކާރުން ކުރަން ބޭނުން ނަމަ. އެއިރުން އެކަން ކުރިއަށް ދާނީ.

އިންޑިކޭޓް

ބްރޯ އެންމެ ވަރުގަދަ ފައިނޭންޝަލް އިންސްޓްރުމެންޓް އަކަށް ބޭނުން ކުރީ އެއީ އެމްއެމްޕީއާރުސީ އެވެ. އެމްއެމްޕީއާރުސީ އާއި ހަވާލުކޮށްގެން ކިހިނެއްތޯ ލާމު އަތޮޅުގައި ހަދާ ގެސްޓް ހައުސް އައިލެންޑް ހެދޭނީ. ނެހެދޭނެއެވެ. އެ ރަށް ހަދަން ފައިސާ އާއި އެކު ސަރުކާރުން ހަވާލު ކުރައްވަންވީ އެމްޓީސީސީ އާއި އެވެ. އަދި ސަރުކާރާއި ސިންގަޕޫރުގެ ޑިޒައިނިންގް ފާރމް އަކާއި ނުވަތަ ޖަޕާންގެ ޑިޒައިނިންގް ފާރމް އަކާއި އެކު ޖޮއިންޓް ވެންޗަރ އެއް ހަދައިގެން ސަރުކާރުން އުފައްދަންވީ ސަރުކާރުގެ ބޮޑު ހިއްސާ އޮންނަ ގޮތަށް ކޮންސަލްޓަންސީ ސާރވިސް ދީ އަދި ޑިޒައިނިންގް ފާރމް އެއް. މިފަދަ ޑިޒައިނިންގް ފާރމް އެއްގެ މަސައްކަތަކީ އެއީ ސަރުކާރުގެ ޕްރޮޖެކްޓްސް ތައް ޑިޒައިން ކޮށް އިމްޕްލިމެންޓް ކޮށް ހަދާ އަދި ޓެންޑަރ ކޮށް އަދި ޕްރޮޖެކްޓް މެނޭޖް ކުރުމެވެ. އެއިރުން ދެން ސަރުކާރުގެ ޕްރޮޖެކްޓްސް ތައް އެއް ޑިރެކްޝަން އަކަށް ގޮސް އަދި ސަރުކާރުން ޚަރަދުކޮށްގެން ނުވަތަ ލޯން ނަގައިގެން ކުރާ މަސައްކަތުގެ ކޮލިޓީ އެއް ހުރެފައި އެކުރާ ކަންކަން ދެކޮޅު ޖެހޭނީ. މިކަން ކަން ސަރުކާރުން ދަނެގަންނަންވީއެވެ. ސަރުކާރުގެ އިންހައުސް ޑިޒައިނިންގް ފާރމް އެއް ހުރުމަކީ އެއީ ވަރަށް މުހިއްމު ކަމެކެވެ. ބޮޑަށް ޑިޒައިނިންގް ފާރމް އެއް ނޫން ހުންނަން ޖެހޭނީ ކޮންސަލްޓަންސީ ސާރވިސް ދޭ ފާރމް އެކެވެ. އެތަނުން ސަރުކާރުގެ ހުރިހާ ޕްރޮޖެކްޓްސް ތައް ޑިޒައިން ކޮށް އަދި ޓެންޑަރ ކޮށް އަދި ޓެންޑަރ އެވޯރޑް ކޮށް ހަދާ އަދި ޕްރޮޖެކްޓް މެނޭޖް ކޮށް ހަދާ އަދި ޕްރޮޖެކްޓް އިމްޕްލިމެންޓް ކުރާނީ ވެސް. މިކަން ފުރަތަމަ ސަރުކާރުން ފަށައިގަންނަންވީ ސިންގަޕޫރު ނުވަތަ ޖަޕާނުގެ ކޮންސަލްޓަންސީ ސާރވިސް ނުވަތަ ޑިޒައިނިންގް ސާރވިސް ދޭ ކުންފުންނަކާއި އެކު ޖޮއިންޓް ވެންޗަރ އުސޫލުންނެވެ. ޖޮއިންޓް ވެންޗަރ އުސޫލުން އެކަން ކުރިއަށް ގެންދާނީ ކުރިއަށް އޮތް 50 އަހަރު ދުވަސް ވަން ދެން. 50 އަހަރު ވުމުން ދެން ސަރުކާރުން އެކަނި އެކަން ކުރާނީ. މީ މިފަދަ ކަންކަން ރަނގަޅުވެ އަދި އެމްއެމްޕީއާރުސީ ފަދަ ތަންތަނުންނާއި އަދި ތިމާވެށި މިނިސްޓްރީ ފަދަ ތަންތަނުން ކަރަޕްޝަން ފުހެވިގެން ދާނީ..

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345