ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ދެވަނަ ބުރު: ޝަކުވާއަށް ހުޅުވާލައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު 2020 ގެ ދެވަނަ ބުރަށް ވޯޓު ލާން ރަޖިސްޓަރީ ކޮށްފައިވާ ފޮށިތަކުގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށް، އެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދު ހެނދުނު 9:00 މެންދުރު ފަހު 1:00 އަށެވެ.

ކޮމިޝަނުން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2020 ގެ ދެވަނަ ބުރަށް ވޯޓު ލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމު ކޮށްފައިވާ ކަމަށާއި އެސްއެމްއެސް މެދުވެރިކޮށް ވެސް ޗެކް ކުރެވޭނެ އެވެ.

ރަޖިސްޓަރީއަށް އެއްވެސް މީހަކު ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ "ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު" ންނެވެ.

އިންތިހާބުގެ ދެވަނަ ބުރެއް އޮތީ ހއ. ތަކަންދޫ އާއި ހއ. އުލިގަމާއި ނ. މަގޫދޫ އާއި ރ. މާކުރަތާއި ބ. ކެންދޫ އާއި ބ. ކިހާދޫ އާއި ވ. ފުލިދޫ އާއި މ. ރަތްމަންދޫ އާއި ފ. ދަރަނބޫދޫގެ އިތުރުން ލ. ކަލައިދޫގަ އެވެ.