ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އެމެރިކާ ރައްޔިތުން އަފްގާނިސްތާނުން ފައިބަން އަންގައިފި

އެމެރިކާއިން ޓްރަވެލް އެޑްވައިޒައީއެއް ނެރެފި އެވެ. ސްޓޭޓް ޑިޕާޓްމަންޓުން ގޮވާލާފައި ވަނީ އަފްޣާނިސްތާންގަައި ތިބި އެމެރިކާ މީހުން ވީހާވެސް އަވަހަކަށް އެ ގައުމު ދޫކޮށް ދިއުމަށެވެ.

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބާލާއިރު ހަނގުރާމަވެރިން ދީފާނެ ހަމަލާއެއްގައި އެމެރިކާ މީހަކު ޒަހަމްވެއްޖެ ނަމަ އެހީތެރިކަން ފޯރު ކޮށްދިނުން ދަތިވެދާނެ ކަމަށް ބުނުން ވެސް މި އެންގުމުގައި އެކުލެވިގެން ވެއެވެ.

މެދުއިރުމަތީ ގައުމުތަކުގައި ކޮވިޑް ފެތުރުމާއި ބިރުދެއްކުމާއި ޓެރަރިޒަމާއި ވަގަށް ނެގުން އަދި ހަތިޔާރާއެކު ގައުމުތަކުގައި ހިންގަމުން އަންނަ މަދަނީ ހަމަނުޖެހުންތަކުގެ ސަބަބުން އެމެރިކާ މީހުންނަށް ހަމަލާއެއް އަރާފާނެ ކަމަށް ސްޓޭޓް ޑިޕާޓްމަންޓް ބިރުގަނެ އެވެ. އެހެންވެ ދަތުރުކުރުމުގައި މިކަންކަމަށް ސަމާލުވުމަށް ޓްރަވެލް އެޑްވައިޒަރީ ނެރުނީ އެވެ.

ކާބުލްގައި ހުންނަ އެމެރިކާ އެމްބަސީން މީހުން މަދު ކުރުމަކީ ވެސް އެޑްވައިޒަރީގެ ބޭނުމެކެވެ. ސްޓޭޓް ޑިޕާޓްމަންޓުން ޓްރަވެލް އެޑްވައިޒަރީ ނެރެފައި ވަނީ ލެވެލް ހަތަރެއްގަ އެވެ. މިއީ ސްޓޭޓް ޑިޕާޓްމަންޓުން އިންޒާރު ދޭ އެންމެ މަތީ ދަރަޖަ އެވެ.

ދުނިޔޭގެ ގައުމުތަކުގައި އުޅޭ އެމެރިކާ މީހުނަށް އަމާޒުކޮށް ދޭތެރެ ދޭތެރިން އިންޒާރީ ނޯޓިސް ނެރެ އެވެ. އެ ގަމެއްގައި ނުވަތަ އެހިސާބެއްގައި ހާލަތު އޮންނަ ގޮތަކަށް ބަލައި އަދި ސިޔާސީ މަޝްރަހަށް އަންނަ ބަދަލާ ގުޅިގެން ވެސް އެމެރިކާ މީހުން ގައުމުތަކުން ފައިބަން އަންގަ އެވެ. މިފަދަ އިންޒާރަކުން ބަރުމާގައި ތިބި އެމެރިކާ މީހުންނަށް ވެސް ވަނީ ނަސޭހަތްތެރި ވެފަ އެވެ.