ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

މިއަދުވެސް ރަންވޭއަށް ތެޔޮ ލީކުވެ ހިދުމަަތަށް ބުރޫއަރައިފި

Nov 8, 2015

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގެ ރަންވޭ މައްޗަށް ތެޔޮ ލީކުވުމާ ގުޅިގެން މިއަދުވެސް ވަގުތުތަކަށް ރަންވޭ ބަންދުކުރުމަށް ފަހު އަލުން ހިދުމަތަށް ގެނެސްދި އެވެ. ފްލައިޓަކުން ތެޔޮ ލީކުވުމާ ގުޅިގެން މިއަދު ވެސް ގާތްގަނޑަކަށް ގަޑިއެއްހާއިރަށް އައިއެންއައިއޭ ހުއްޓުމަކަށް އައެވެ.

މީގެ ތިން ދުވަސް ކުރިން ވެސް ކެތޭ ފެސިފިކްގެ ފްލައިޓަކުން ޖެޓް ފިއުލް ލީކުވެގެން ގަޑިއެއްހާއިރަށް ރަންވޭ ބަންދުކުރި އެވެ.

އެއާޕޯޓު ރަންވޭ އަށް ޖެޓް ފިއުލް ލީކުވުމުގެ މައްސަލަތައް ވަރަށް ގިނައިން ހިނގަ އެވެ. އެގޮތުން މީގެ ކުރިން މަޝްހޫރު ގިނަ އެއާލައިންތަކުން ވެސް ޖެޓް ފިއުލް ލީކުވެފައިވެ އެވެ.