އަބްދުﷲ ސަނީފް

މަޖާކުރާ މަރުކަޒު އަޅަން އެމްޑީޕިން ދެކޮޅީ ސަނީފް

މާލޭގައި މީހުން މަސްހުނިވެ މިއުޒިކް އަޑު އަހައި ހީނ ސަމާސާކޮށް މަޖާ ކުރަން އެއްވާނެ މަރުކަޒެއް ގާއިމް ކުރަން އެމްޑީޕީން ހުށަހެޅި ގަރާރާ އެ ޕާޓީގެ ތެރެއިން ދެކޮޅު ހެއްދެވި ބޭފުޅަކަށް މަޖިލީހުގެ ތިނަދޫ ދާއިރާގެ މެންބަރު އަބުދުﷲ ސަނީފު ވެއްޖެ އެވެ.

މަސްހުނިވެގެން ސަކަރާތްގަނެ މަޖާ ކުރާ މަރުކަޒު އަޅުމާމެދު މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން ދިރާސްކޮށް އެފަދަ ތަަނެއް އަވަހާ އެޅުމަށް ދާދި ފަހުން ވަނީ ފާސް ކޮށްފަ އެވެ. ނަމަވެސް ކޮމެޓީން އެކުލަވާލައި ފާސްކުރި އެ ރިޕޯޓަށް އިއްޔެ މަޖިލީހުގައި ކުރި ބަހުސް ކުރި އިރު ސަނީފް ވަނީ އެކަމާ ދެކޮޅު ހައްދަވައި އެފަދަ މަރުކަޒެއް އަޅަން ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެފަދަ މަރުކަޒެއް އަޅަން ނިންމިިއިރު އޭގެ މަފްހޫމް ރައްޔިތުންނަށް ސާފުކޮށް ދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ނޭނގޭ... އަޅުގަނޑުގެ ދާއިރާގެ ރައްޔިތުން ވެސް އަހަނީ ކީއްކުރަންތޯއޭ 65 މެމްބަރުން ހޮވިފައި ތިބި މަޖިލީހަކަަށް މިފަދަ ގަރާރެއް ހުށަހަޅައިގެން މި އުޅެނީ؟ މީގެ މަފްހޫމަކީި ކޮބައިތޯއޭ؟ އަޅުގަނޑުމެން ތަނަކަަށް އެއްވެ ބޭހެއް ބޮއިގެންތޯ ހޭންވީ؟ މި އުޅެނީ މި މާލޭގައި ރީތިކޮށް ދިރި ނޫޅެވިގެނޭ!" ސަނީފް ވިދާޅުވި އެވެ.

އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ނޭނގޭ... އަޅުގަނޑުގެ ދާއިރާގެ ރައްޔިތުން ވެސް އަހަނީ ކީއްކުރަންތޯއޭ 65 މެމްބަރުން ހޮވިފައި ތިބި މަޖިލީހަކަަށް މިފަދަ ގަރާރެއް ހުށަހަޅައިގެން މިއުޅެނީ؟ މީގެ މަފްހޫމަކީި ކޮބައިތޯއޭ؟ އަޅުގަނޑުމެން ތަނަކަަށް އެއްވެ ބޭހެއް ބޮއިގެންތޯ ހޭންވީ؟ މި އުޅެނީ މި މާލޭގައި ރީތިކޮށް ދިރި ނޫޅެވިގެނޭ!
މެންބަރު އަބުދުﷲ ސަނީފު | މަޖިލީހުގެ ތިނަދޫ ދާއިރާ

އޭނާ ވިދާޅުވީ މާލެއަށް މީހުން ތޮއްޖެއްސުމުގެ ސަބަބުން އެކަން ބޮޑު ތަކުލީފަކަަށް ވެގެން ގޮސްފައިވާ ކަމަށާއި އެހެންކަމުން އަތޮޅުތަކުގެ ރަށްތަައް ތަރައްގީކޮށް މާލެ ލުއި ކޮށްދޭން ޖެހޭ ކަމަށެވެެ. އަދި މަޖާކުރާނެ ތަނެއް ހަދަން ހުށަހެޅި ގަރާރަކީ ރަނގަޅު މަގްސަދެއްގައި ހުށަހެޅި ގަރާރެއް ކަަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި ވޯޓުވެސް ނުދެއްވާނެ ކަމަށެވެ.

ޒުވާނުން މިއުޒިކް އަޑުއަހައި މަޖާ ކުރާނެ މަރުކަޒެއް ހަދަން މަޖިލީހަށް ހުށަހެޅުއްވީ ވެރިކަން ކުރާ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ލަތީފެވެ. އިޖްތިމާއީ ކޮމެޓީން ނިންމީ ސަރުކާރާއި ކަމާ ގުޅުން ހުރި ވުޒާރާތަކުގެ އެހީއާއެކު ހެރިޓޭޖް މިނިސްޓްރީން އިސްވެ މިއުޒިކް އަޑުއަހާލާނެ މަރުކަޒެއް ގާއިމް ކުރަން އެ މިނިސްޓްރީގައި އެދޭށެވެ.