ރައްޔިތުންގެ މަޖިލީހަށް މިއުޒިކް ޕްރޮޑިއަސަރުން ހޯދަން އިއުލާން ކޮށްފި އެވެ.
މަޖިލީހުން ކުރި އިއުލާނެއްގައި ބުނީ އެ އިދާރާއިން އުފައްދާ ވީޑިއޯތަކުގައި ބޭނުން ކުރުމަށް އެ އިދާރާއަށް ފުރިހަމަ ކޮޕީރައިޓްސްގެ ހައްގު އޮންނަ އަމިއްލަ މިއުޒިކް ޓްރެކްތަކެއް ހަދަން ބޭނުންވާ ކަމަށެވެ.
މި މަސައްކަތަށް ބީލަން ހުށަހަޅަން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިމަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުން މިހާރު ވެސް ވަރަށް ފުޅާ ދާއިރާއެއްގައި ސޯޝަލް މީޑިއާތައް ބޭނުންކުރާ އިރު އެކި ޕްރޮގްރާމްތަކާއި ވީޑިއޯތައް އަޕްލޯޑް ކުރެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެކައުންޓެއް ޓިކްޓޮކްގައި ވެސް އޮވެއެވެ.