ރައްޔިތުންގެ މަޖިލިސް

މަޖާ ކުރާ މަރުކަޒު އަޅަން މަޖިލީހުން ރުހުން ދީފި

އުރީދޫއިން ބޭއްވި މިއުޒިކް ޝޯއެއްގައި އާޓިސްޓެއް ޕާފޯމް ކުރަނީ. މާލޭގައި މަޖާކުރާ ތަނެއް އަޅަން މަޖިލީހުން ވަނީ ހުއްދަ ދީފައި -- އަވަސް ފައިލް ފޮޓޯ
0%
0%
0%

މާލޭގައި ޒުވާނުން ރައްޓެހިންނާ ބައްދަލުކޮށް މިއުޒިކް އަޑު އަހައި ހީނ ސަމާސާކޮށް ހަދަން އެއްވާނެ މަރުކަޒެއް ގާއިމުކުރަން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ނިންމި ނިންމުމަށް މަޖިލީހުގެ ތަޅުމުން ރުހުން ދީފި އެވެ.

އެ މަރުކަޒު ގާއިމުކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަ ކަމަށް 46 މެމްބަރަކު ވޯޓު ދެއްވި އެވެ.

ޒުވާނުން މިއުޒިކް އަޑުއަހައި މަޖާ ކުރާނެ މަރުކަޒެއް ހަދަން މަޖިލީހަށް ހުށަހެޅުއްވީ ވެރިކަން ކުރާ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ލަތީފެވެ.

އޭނާ އެދިވަޑައިގެންނެވީ އެފަދަ މަރުކަޒެއްގައި ރެކޯޑިން ސްޓޫޑިއޯއަކާއެކު މިއުޒިކް އުނގަންނައިދޭ ގޮތަށާއި ޝޯތައް ވެސް ބޭއްވޭ ގޮތަށް ހަދާށެވެ.

އިޖުތިމާއީ ކޮމިޓީން ނިންމި ނިންމުމާ އެއްގޮތަށް ސަރުކާރާއި ކަމާ ގުޅުން ހުރި ވުޒާރާތަކުގެ އެހީއާ އެކު ހެރިޓޭޖް މިނިސްޓްރީން އިސްވެ މިއުޒިކް އަޑުއަހާލާނެ މަރުކަޒެއް ގާއިމުކުރަން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

މީގެ ކުރިން އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި ކުރިއަށް ދިޔަ ބަހުސްގައި އިދިކޮޅު މެމްބަރުން ވަނީ ހަސަން ލަތީފުގެ ގަރާރަަށާއި އެކަމާ ގުޅުވައި ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ދެއްކެވި ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ހަސަން ލަތީފްގެ ގަރާރަށް ދީނީ ދަންނަ ބޭކަލުންގެ ނުރުހުން ވެސް ވަރަށް ބޮޑަށް އަމާޒުވެފައިވެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910