ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

24 ގަޑިއިރުތެރޭ ކޮވިޑްގެ ދެވަނަ މަރެއް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

މިއީ މިއަދު މި ބަލީގައި މަރުވި ދެވަނަ މީހާއެވެ. މިރޭ 8:44 ގައި މަރުވެފައިވަނީ އުމުރުން 50 އަހަރުގެ އިންޑިއާ ފިރިހެނެކެވެ.

މިއީ ކޮވިޑްގައި ރާއްޖެއިން މަަރުވި 73 ވަނަ މީހާއެވެ.

މިއަދު ފުރަތަމަ މަރުވީ އުމުރުން 85 އަހަރުގެ ދިވެހި އަންހެނެކެވެ. މި ދެ މީހުންނަކީވެސް ދިވެހިންގެ މައި ހޮސްޕިޓަލް ދަރުމަވަންތައިގެ 11 ވަނަ ފަންގިފިލާގައި ފަަރުވާ ހޯދަމުންދިޔަ ދެ މީހުންނެވެ.

އަދިވެސް ދަރުމަވަންތަ އައިސީޔޫގައި ތިން މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. މިވަގުތު 122 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އެބަދެއެވެ.

މިދިޔަ ހަތް ދުވަހަކީ ރެކޯޑް އަދަދަކަށް ކޮވިޑް ކޭސްތައް ފެނުނު ދުވަސްތަކެކެވެ. މިދިޔަ ސައުވީސް ގަޑިއިރުތެރޭ 464 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ. އެ މީހުންނާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 29،000 ފަހަނަ އަޅާފައެވެ.