ހަބަރު

ދެ ފުޅި ބޮޑީ ސްޕްރޭ ވަގަށް ނަގައިގެން ޖަލަށް

Jan 14, 2015

ފިހާރައަކުން ރީތިވާ ސާމާނުތަކެއް  ވަގަށްނެގި މީހަކު ޖަލަށްލާން ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ތިން އަހަރާއި ހަ މަސް ދުވަހަށް ޖަލަށްލާން ހުކުމް ކުރީ ނ. ވެލިދޫ، ގޯނބިލިގޭ، އިބަރާހީމް ޢަލީ 44، އެވެ.

އިބްރާހީމް ޢަލީގެ މައްޗަށް ދައުވާ ކުރީ ޖުލައި 13، 2012 އީވޯމާޓު ފިހާރައިން 75ރ. ދެ ފުޅި ބޮޑި ސްޕްރޭ ވަގަށް ނަގާފައިވާ މައްސަލައިގެން އިތުރުން، އެ ވައްކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް ފާސް ކުރި އިރު ކޮއިލް މާޓް ނަމަކަށް ކިޔާ ފިހާރައިން ވަގަށް ނަގާފައިވާ އިތުރު ސާމާނުތަކެއް ފެނިގެނެވެ.

ހުކުމުގައި ބުނަނީ، އިބްރާހިމް އަލީ އީވޯ މާޓް ފިހާރައިން ވައްކަންކުރިކަން، ދަޢުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި، ވީޑިއޯ ފުޓޭޖުން ޝަރީޢަތަށް ސާބިތުވާތީ، ފިހާރައަކުން ވައްކަން ކުރުމުގެ ކުށުން އިބްްރާހީމް ޢަލީ ކުށްވެރި ވާކަމަށެވެ.