ރައްޔިތުންގެ މަޖިލިސް

މަޖިލީޙުގެ ސެކިއުރިޓީ ސިފައިންނާ ހަވާލުކޮށްފި

Nov 8, 2015
1

ރައްޔިތުންގެ މަޖިލީހުގެ ސެކިއުރީޓީ ބަލަހައްޓާ އާންމު މުވައްޒިފުން އިތުރަށް ނުނިކުތުމަށް އަންގައިފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ ސާޖެންޓް އެޓް އާމްސް ފިޔަވައި ދެން ސެކިއުރިޓީ ބެލެހެއްޓުމުގައި ތިބި މީހުން މިވަގުތައް ނުނުކުންނަނަށް އަންގާފައިވާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ މިހާރު ބަަލަހައްޓަނީ ސިފައިން ކަމަށެވެ.

ސާޖެންޓް އެޓް އާމްސްގެ ދަށުން މަޖިލީހުގެ ސެކިއުރިޓީ ކަންކަމަށް 22 މީހަކު ނަގާފައި ތިބެ އެވެ.

މި ބަދަލު ގެނައިއިރު ރައީސް އަބްދުﷲ ޔާމީން ވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.