ދުނިޔެ

ސައޫދީން އިސްވެ އީރާނާ މަޝްވަރާކުރުމަކީ އުފާކުރާ ކަމެއް: އިމްރާން ޚާން

ސައޫދީން އިސްވެ ސުލްހަވުމަށް އީރާނާ މަޝްވަރާ ކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށް ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެ އެވެ. ދެ ގައުމުން މަޝްވަރާ މޭޒު ދޮށަށް ރުޖޫއަވެފައި ވާތީ މަރުހަބާ ދަންނަވައި އިމްރާން ވިދާޅުވީ ހިތްޕުޅު ތަނަވަސްވެ ވަޑައިގެންފި ކަމަށެވެ. އަދި ވިދާޅުވީ ސައޫދީއަކީ އެންމެ ގާތް އެކުވެރިޔާ ކަމަށާއި އީރާނަކީ އަވަށްޓެރިއެއް ކަމަށެވެ.

ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވީ އީރާނާއެކު ގާތް ގުޅުމެއް ދަމަހައްޓަން އެދިވަޑައިގަންނަވާ ކަމަށާއި މަޝްވަރާ ކުރެއްވުމަކީ ދެ ގައުމަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށެވެ. ސައޫދިއާ އީރާނަކީ ފައިސާ ފޮއްޗެއް ނަމަ ދެފުށެވެ. ހިޔާލު ވަރަށް ތަފާތު ދެ ގައުމެވެ. ދީނީ ގޮތުން އަދި ސަގާފީ ގޮތުން ވެސް އެވެ.

ވަލީއަހުދު ވިދާޅުވީ އީރާނު ދެމި އޮތުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް އީރާނުން ވެސް ސަރަހައްދީ މަސްލަހަތަށް ލޯބި ކުރަން ވާނެ ކަމަށާއި އިރާންގެ ނިއުކްލިއާ ޕްރޮގްރާމާއި ބެލަސްޓިކް މިސައިލް ޕްރޮގްރާމަކީ ސައޫދީއަށް މައްސަލައެއް ކަމަށެވެ. އީރާނުން ޕްރޮކްސީ މެދުވެރިކޮށް ގަލްފު ސަރަހައްދު ހަރާބު ކުރަން އެދިވަޑައި ނުގަންނަވާ ކަމަށް ވެސް ވަލީއަހުދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ އަޅުގަނޑުމެންގެ ބައިވެރިން އީރާނާއެކު މަޝްވަރާ ކުރަނީ ހައްލެއްގު އުންމީދުގައި،" ވަލީއަހުދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އުންމީދަކީ ދެ ގައުމަށް ވެސް ރުހެވޭ ހައްލެއް ތަނަވަސްވުން ކަމަށެވެ.

އީރާނާއެކު ކުރެވެމުންދާ މަޝްވަރާގެ ތަފުސީލަށް ވަލީއަހުދު ވަޑައެއް ނުގަންނަވަ އެވެ. އެހެން ނަމަވެސް ފައިނޭންޝަލް ޓައިމްސް އާއި ބްރިޓިޝް ޑެއިލީ ފަދަ މީޑިއާ ހައުސްތަކުން މިވާހަކަ ރިޕޯޓްކޮށް ބުނެފައި ވަނީ ސައުދީއާ އީރާންގެ ވަރުދުތައް އޭޕްރީން ނުވައެއްގައި އީރާގުގައި ބައްދަލު ކުރެއްވި ކަމަށެވެ.

ޕާކިސްތާން މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން ޔޫއޭއީ އާއި ބޮޑުވަޒީރު އިމްރާން ވެސް މަޝްވަރާގައި މުހިންމު ދައުރެއް އަދާކުރައްވަ އެވެ.