އއ. ރަސްދޫ އިން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް ބަންދު ކޮށްފި އެވެ.
ރަސްދޫން އެންމެ ފުރަތަމަ ކޮވިޑް ކޭހެއް ފެނިފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. މިހާތަނަށް އެރަށުން ނުވަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ. އިއްޔެގެ ނިޔަލަށް އެރަށުން 42 މީހެއްގެ ސާމްޕަލް ނަގާފައި ވެއެވެ.
އެރަށަށް އަރާ ފޭބުން އިއްުޔެއިން ފެށިގެން މަނާ ކޮށްފައި ވަނީ ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަން ބަލާށެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަ ވެފައިވާ މި ދަނޑިވަޅުގައި އިއްޔެ މުޅި ރާއްޖެއިން ވަނީ 465 މީހަކު ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އޭގެތެރެއިން 242 މީހަކު ޕޮޒިޓިވްވެފައި ވަނީ އަތޮޅުތަކުގެ ތެރެއިންނެވެ. މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 193 މީހެކެވެ.