ވިލާ ގޭސް

ވިލާ ގޭސް އެޕުން ރަޖިސްޓްރީ ކޮށްގެން އިނާމެއް

May 1, 2021

ވިލާ ގޭސް މޮބައިލް އެޕްގައި ރަޖިސްޓްރީވުމުން އިނާމެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ރާއްޖެއަށް ކައްކާ ގޭސް އެތެރެކޮށް ގޭސް ބަންދު ކޮށްގެން ވިއްކާ ވިލާ ގޭހުން ބުނީ ކުޑަ އީދާ ދިމާކޮށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ކިޔުއާރް ކޯޑު ސްކޭން ކޮށްގެން ވިލާ ގޭހުގެ އެޕުން ރަޖިސްޓްރީކޮށްލުމުން 20 ފަރާތަކަށް ވައުޗަރު ލިބޭނެ އެވެ.

މި ކޫޕަން ދޭނީ ވިލާ އިން އާއްމު ކާބޯތަކެތި ވިއްކަން ހުޅުވާފައިވާ ވިލާ މާޓުންނެވެ. ކުޑަ އީދާ ދިމާކޮށް ފެށި މި ޕްރޮމޯޝަންގައި 100ރ. ގެ ކޫޕަނެއް ލިބޭނެ އެވެ. ވިލާ ގޭސް އެޕަކީ ފަސޭހަ ކަމާއެކު ހިދުމަތް ލިބޭ ގޮތަށް ފަރުމާ ކޮށްފައިވާ މޮބައިލް އެޕެކެވެ.

ވިލާ ގޭހުން މިދިޔަ މަހު ވެސް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދިޔަ އެވެ. އެ ޕްރޮމޯޝަންގައި ވެސް އިނާމް ލިބޭ ލަކީ ޑްރޯއެއް ނެގި އެވެ.