- ބްރިޖްގެ ދަށުން 12 މީޓަރުގެ އުސް އުޅަނދު ތަކަށް ދަތުރު ކުރެވޭނެ
- މެދު ދިޔައިގައި ބްރިޖްގެ މައްޗާ ހަމައަށް 20 މީޓަރު ހުންނާނެ
- އިންޓަނޭޝަނަލް ބަރުދަނަށް ކާގޯގެ ޓްރަކްތަކަށް ދަތުރު ކުރެވޭނެ
ހުޅުލެ/މާލެ ބްރިޖްގެ އަމަލީ މަސައްކަތް ނުވަތަ އިމްޕްލިމެންޓޭޝަން ފޭސްގެ ލެޓާ އޮފް އެކްސްޗޭންްގައި މިއަދު ސޮއިކޮށްފި އެވެ. މި ރަސްމިއްޔާތު އޮތީ ހައުސިން މިނިސްޓްރީގަ އެވެ.
މި އެއްބަސްވުމުގައި ރާއްޖެއިން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޗައިނާ ސަފީރު ވަންފޫ ކާންގް އެވެ.
ހުޅުލެ މާލެ ގުޅުވައިދޭ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް" ބްރިޖް އަޅާ ކޮންޓެރެކްޓު ހޮވާ ބީލަން ހުޅުވުން މި މަހުގެ 10 ވަނަ ދުވަަހަށް ޝެޑިއުލްކޮށްފި އެވެ.
މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވީ ބްރިޖް ކޮންޓެރެކްޓަރުގެ ބިޑިން ޕްރޮސެސް ކުރިޔަށްދަނީ ޗައިނާގައި ކަމަށާއި އެކަމަށް ކުރިމަތިލި ކުންފުނިތައް ޝޯޓް ލިސްޓްކޮށް ދެ ކުންފުންޏަށް މަދުކޮށްފައިވާއިރު އަންނަ އަންގާރަ ދުވަހު ބިޑް ހުުޅުވައި އިވެލުއޭޓް ކުރާނެ ކަމަށާއި ބިޑު އެވޯޑު ކުރުން އޮންނާނީ މި މަހުގެ 14 ވަނަ ދުވަހު ޗައިނާގައި ކަމަށެވެ.
"އެކަން ކުރާއިރު ރާއްޖޭގެ ޓީމެއް މިރޭ ޗައިނާއަށް ދާނެ އެ ހަފުލާގައި ބައިވެރިވާން ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހަކީ ބިޑް އޯޕަން ކުރާ ދުވަސް ކަމަށް މިހާރު ދީފައި އޮތް ތާރީހަކީ. އަދި މިމަހު 14 ގައި ކުންފުންޏަކާއި ބިޑު އެވޯޑު ކުރުން އޮންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވ ޑިސެމްބަރު މަހުގެތެރޭގައި ބްރިޖް ކޮންޓްރެކްޓާ މާލެ އައިސް ސެޓަޕް ހަދައި އަހަރު ނިމޭ ހިސާބުގައި މަސައްކަތް ފަށާނެ ކަމަށާއި އަހަރު ނިމުމުގެ ކުރިން ބްރިޖްގެ މަސައްކަތް ފަށާ ރަސްމީ ހަފުލާ ވެސް ބާއްވާނެ ކަމަށެވެ. އަދި ވިދާޅުވީ ބްރިޖުގެ އަމަލީ މަސައްކަތް ފެށުމަށް ސަރުކާރުގެ ބަޖެޓުން ދޭންޖެހޭ ފައިސާ އާއި ބްރިޖާއި ގުޅިގެން މާލޭގެ އިންފްރާ ސްޓްރަކްޗާ އަށް ގެންނަން ޖެހޭ ބަދަލަށް ހޭދަވާ ފައިސާގެ އަދަދު އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާނެ ކަމަށެވެ.
"ބްރިޖާއެކީ މާލޭ މަގުތަކަށް ގެންނަން ޖެހޭ ބަދަލުތަކަށް ބަލައި އިރު ހަދަން ޖެހޭ އިތުރު މަގުތަކާއި ފުޅާ ކުރަން ޖެހޭ މަގުތަށް އެބަހުރި އަދި ހައިވޭ ފެންވަރަށް ހަދަން ޖެހޭ މަގުތަކާއި ތޮށިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ޖެހޭ. އެކަމަށް ބޭނުންވާނެ ފައިސާ މިހާރު ބަޖެޓަށް ހިމަނާ މިމަސައްކަތް އަމަލީ ގޮތުން ފެށުމަށް ޓަކައި ހުރިހާ ތައްޔާރީ ތަކެއް ވަނީ ނިމިފައި،" މުއިއްޒު ވިދާޅުވި އެވެ.
މި ބްރިޖަކީ އިންޖިނިއަރިންނަށް ބަލާއިރު ވަރަށް ޓެކްނިކަލީ ޗެލެންޖިން މަސައްކަތެއް އޮތް ބްރިޖެއް ކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ 2018 އިގެ ކުރީ ކޮޅަށް މަސައްކަތް ނިންމާއިރު މަސައްކަތުގައި ކަނޑުގެ ސީބެޑްގެ އެކި ހިސާބުގައި 70 މީޓަރު އަޑިއަށް ތަނބު ޖަހާނެ ކަމަށާއި ބޯހޯލް ތޮރުފި ހުރިހާ ދިމާއަކީ ތަނބުޖަހާ ތަންތަން ނޫން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ބްރިޖާ ހުޅުމާލެއާ ދެމެދަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އޮންނާތީ އެހިސާބުން އިންޓަނޭޝަނަލް މިންގަނޑަށް ސަސްޕެންޝަން ބްރިޖަކަށް ބޭންވާ އުސްމިން ނުލިބޭ ކަމަށާއި ނަމަވެސް އެކަންކަމަށް ބަލައިގެން ބްރިޖް ހަދަނީ ވަރަށް ފުރިހަމައަށް މޮޅަށް އަދި ބަލައިލަން ވެސް ރީތިކޮށް ކަމަށެވެ.
"އެއާޕޯޓްގެ ރަންވޭ މައްޗަށް ނުގެންގޮސް އަލަށް ހަދާ ރަންވޭ އާއި މިހާރުގެ ރަންވޭއަށް ބަލާއިރުގައި މެދު ނުކެނޑި ބްރިޖްގެ ބޭނުން ކޮށް ރަންވޭ ބޭނުން ކުރާ ވަގުތުތަކުގައި ވެސް ހުޅޫމާލެ އަށް ދާ މަގުން ހުރަހެއް ނެތި ދަތުރު ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަށް ހުޅުލޭ ކޮޅުން ވަކި ސަރަހައްދެއް ހިއްކައި ރިވެޓްމެންޓް ޖަހައި ހާއްސަ ސްޓަރަކްޗާއެއް ގާއިމު ކރާނެ ކަމަށާއި އެއީ ބަލައިލަން ވެސް ރީތި އަދި ފަންނީ ގޮތުން ވެސް ފުރިހަމަ މަސއްކަތަކަށްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދަޅުވީ ބްރިޖުގެ ދަށުން 12 މީޓަރުގެ އުސް އުޅަނދު ތަކަށް ދަތުރު ކުރެވޭއިރު މެދު ދިޔައިގައި ބްރިޖްހެ އެންމެ އުސް ހިސާބާ ހަމައަށް 20 މޓަރު ގެ އުސް މިން ހުންނާނެ ކަމަށެވެ. މީގެ އިތުރުން ވިދާޅުވީ ބްރިޖް ހަދަނީ އިންޓަނޭޝަނަލް ކާގޯ ސްޓޭންޑަޑްގެ ބަރުދަނަށް ވެސް ބަލައިގެން ކަމަށެވެ.
"ކާގޯ ފުުލްކޮށް ލޯޑް ކުރިޔަސް މައްސަލައެއް ނެތް، ޓްރަކިން ލޭން އަކީ މުސްތަގުބަަލަށް ބެލިޔަސް ބްރިޖްގެ ފައިދާ ލިބެނެ ގޮތް، އަދި ހާއްސަކޮށް ވިިލިމާލެ އާއި ތިލަފުއްޓާ ގުޅިގެންދާއިރު ، އެހެންވީމަ މި މަސއްކަތުގައި ކާގޯ ޓްރަކިންނަށް ބަލާފައިވާނެ،"