އެމްއެމްޕީއާރްސީ

ސްވިޒަލޭންޑުގައި ރާއްޖެ އިސްތިހާރު ކުރަނީ

އެމްއެމްޕީއާރްސީއާ އާއި ސްވިޒްލޭންޑާ ގުޅިގެން ރާއްޖެ ޕްރޮމޯޓް ކުރަން ކެމްޕޭނެއް ފަށައިފި އެވެ.

"ލެޓްސް ގޯ ޓްއާސް" އާއެކީ ފެށި އެ މާކެޓިން ކެމްޕޭނަކީ ދެ މަސް ދުވަހަށް ސްވިސް މާކެޓަށް ހާއްސަ ކުރާ ކެމްޕޭނެކެވެ. އެ ކެމްޕޭން ކުރިޔަށް ގެންދަނީ އޭޕްރިލް މަހުން ފެށިގެން މެއި މަހުގެ ނިޔަލަށެވެ.

ކެމްޕޭނުގައި ފަތުރުވެރިން ރާއްޖެއަށް ޝައުގުވެރި ކުރުވާނެ އެވެ. އަދި ކޮވިޑް-19 އިން ރައްކާތެރިވާން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކާއި ރާއްޖޭގެ ރީތި ކަމާއި ޗުއްޓީ ހޭދަ ކުރަން ރައްކާތެރި ގައުމެއްކަން ދައްކައިދޭނެ އެވެ.

މި ކެމްޕެއިނުގައި ޗުއަލްކޮށް ބާއްވާ އިވެންޓެއްގައި އެ ގައުމުގެ 200 އަށް ވުރެ ގިނަ ޓްރެވެލް އެޖެންޓުން ބައިވެރި ވާނެ އެވެ. އަދި 1900 ޓްރެވެލް ޓްރޭޑް މެންބަރުންނާއި 8500 ޕްރައިވްޓް ކްލައިންޓުންނަށް ރާއްޖެ އިސްތިހާރު ކުރަން ނިވްސް ލެޓާ ފޮނުވާނެ އެވެ