ލައިފްސްޓައިލް

ހީކުރީ އެއްމާބަނޑު ދެބެންކަމަށް، ލިބުނީ 5.8 ކިލޯ ކުއްޖެއް

އިނގިރޭސި ވިލާތުގެ އެމްބާ ކުމްބާލޭންޑް، 21، ބަލިވެ އިނުމާއެކު ބަނޑު އާދަޔާ ހިލާފަށް ބޮޑުވާން ފެށި އެވެ. އޭނާ ބަނޑުގެ ސައިޒް ފެނިފައި ޑޮކްޓަރުން ވެސް ހައިރާންވި އެވެ. އެންމެ ކުރިން އެންމެން ވެސް ހީކޮށްގެން ތިބީ އެމިލީގެ ބަނޑުގައި އޮތީ އެއްމާބަނޑު ދެބެން ކަމަށެވެ.

ނަމަވެސް ކުއްޖާ އާދަޔާހިލާފަށް ބޮޑުކަން އެނގުނީ ޓެސްޓްތައް ހެދީމަ އެވެ.

އުފަންވީ ކުދިންގެ އެވްރެޖް ބަރުދަން އުޅެނީ 3.4 ކިލޯގްރާމް (7.5 ޕައުންޑް) ގައެވެ. ނަމަވެސް މަދުން ނަމަވެސް މިއަށް ވުރެ ބަރުދަން އިތުރު ކުރިން ބައެއް މީހުން ވިހަ އެވެ.

އެމިލީ އަށް ލިބުނު 5.8 ކިލޯގެ ދަރިފުޅަކީ މިހާތަނަށް އިނގިރޭސި ވިލާތުގައި އުފަންވި ދެވަނައަށް އެންމެ ބަރު ކުއްޖާ އެވެ. އެ ގައުމުގައި 2012 ވަނަ އަހަރު އުފަންވި އެންމެ ބަރު ކުއްޖާއަށް ވުރެ އެމިލީގެ ދަރިފުޅު ލުއީ އެންމެ ދެ ޕައުންޑެވެ.

"ޑޮކްޓަރުން ވެސް ހީކުރީ އަހަރެންގެ ބަނޑުގައި ދެ ކުދިން އޮތް ކަމަށް. ސްކޭނުން ދައްކަނީ އެންމެ ކުއްޖެއް އޮތް ކަމަށް ނަމަވެސް ޑޮކްޓަރުން ހީކުރީ ސްކޭނަށް ނުދައްކާ ކުއްޖެއް ބަނޑުގައި ފޮރުވިފައި އޮވެދާނެ ކަމަށް،" އެމިލީ ބުންޏެވެ.

އަހަރެމެން ސުޕަމާކެޓެއް ތަނަކަށް ދިޔަސް މީހުން ސުވާލު ކުރާނެ އެއްމާބަނޑު ދެ ކުދިންހޭ ބަނޑުގައި އޮތީ. އެހާވެސް އަހަރެންގެ ބަނޑު ބޮޑު،" އެމިލީ ބުންޏެވެ.

އެމިލީގެ ދަރިފުޅު ބޮޑުކަމުން އޭނާ ވިއްސަން ޖެހުނީ ސިޒޭރިއަން ހަދައިގެންނެވެ. އެމިލީ ބުނި ގޮތުގައި ސިޒޭރިއަން ހެދި ޑޮކްޓަރުން ވެސް ކުއްޖާ ބޮޑުކަމުން ތިބީ ވަރަށް ހައިރާންވެފަ އެވެ.

އެމިލީގެ ބަނޑަށް 32 ހަފުތާ ވީއިރުވެސް ބަނޑު ބޮޑުކަމުން ހީވަނީ 36 ހަފުތާ ފުރިފައި ހުރި ބަނޑެއް ހެން ކަމަށް މި ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.