ދުނިޔެ

ޖައިޝަންކަރު ލަންޑަނަށް

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރު ހޯމަދުވަހު ލަންޑަނަށް ވަޑައިގަންނަވަނީ އެވެ. ވަޒީރު ލަންޑަނަށް ވަޑައިގަންނަވާ ބޫނުންފުޅެއް ކަމަށް އެނގިފައި ވަނީ ޖީ7 މިނިސްޓަރުންގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމެވެ.

ވަޒީރުންގެ ބައްދަލުކުރެއްމަށް އޮތް އެންމެ ސީރިއަސް މައުލޫއަކީ ކޮވިޑްގެ ހާލަތުގައި ދުނިޔެ އެކަތިގަނޑަށްވުމެވެ. ބަލިން އަރައިގަތުމަށް އަތުގުޅާލައިގެން ވަސީލަތްތައް މެދުނުކެނޑި ހިއްސާކުރެވޭ ނިޒާމެއް ގާއިމުކުރުމެވެ.

އިންޑިއާއަށް މިވަގުތު ދިމާވެފައި އޮތް ކޮވިޑްގެ ދަތިކަމުގައި އަދި އެއަށް ފަހު ވެސް އިގުތިސޯދު ކޮޅަށް ޖެހުމުގަައި ދިމާވެދާނެ ދަތިތަކަށް ވެސް ޖައިޝަންކަރު އަލިއަޅުއްވާލައްވާނެ އެވެ. އިންޑިއާއަށް ބޭރުން އެހީ ޕަންޕްކުރެވޭނެ މެކޭނިޒަމަކާ ބެހޭ ގޮތުން ވެސް ވަޒީރު ދެތިން ބަހެއް ވިދާޅުވާނެ ކަމަށް ބެލެވެ އެވެ.

ޖައިޝަންކަރުގެ ދަތުރުފުޅުގައި އިނގިރޭސި ފޮރިން މިނިސްޓަރު ޑޮމިނިކް ރާބް އާއި އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު މެރީޒް ޕޭން އަދި ފްރާންސްގެ ފޮރިން މިނިސްޓަރު ޖޯ އީވް ލިޑްރިއާންއާ ބައްދަލުކުރައްވާނެ އެވެ.

ވަޒީރުންގެ ބައްދަލުމަށް ދެން މައްސަލައަކީ މޫސުމީ ބަދަލުތަކެވެ. ދުނިޔެއިން ކާބަންޑައިއޮކްސައިޑް މަދުކޮށް އިންސާނުންގެ އަމަލުތަކުން އަދި ސިނާއީ މަސައްކަތްތެރިކަމުގެ ސަބަބުން ޖައްވަށް އަރައިގެންދާ ވިހަ ގޭސްތަކުން ދުރުވުމަށް އެޅީދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރައްވާނެ އެވެ.