ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައްޑޫ ސިޓީ

އައްޑޫ ސިޓީ ބަންދުކޮށްފި

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭހެއް ފެނިގެން އައްޑޫ ސިޓީގެ ރަށްތަކަށް އަރާ ފޭބުން މަނާކޮށް އެ ރަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިން އަށް ގެނެސްފި އެވެ.

އައްޑޫއިން ޕޮޒިޓިވްވީ އަލާމަތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ. އޭނާއަކީ ފޭދޫ މީހެއް ނަމަވެސް އޭނާއަށް ބަލި ޖެހިފައިވާކަން އެނގުނީ ހިތަދޫގައި ހުންނަ ފްލޫ ކްލިނިކަށް ދައްކާ ޓެސްޓް ކުރުމުންނެވެ.

ހެލްތް މިނިސްޓްރީން ދެންމެ ބުނީ އެ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އައްޑޫ ސިޓީގެ ރަށްތަކަށް އަރާ ފޭބުން މަނާކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުން އަދަދު ބޮޑުތަނުން އިތުރުވަމުންދާއިރު އައްޑޫ ސިޓީއާއެކު 24 ރަށެއް އޮތީ ބަންދުކޮށްފައެވެ. އަތޮޅުތެރޭގައި 1،500 ވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާއިރު ބައެއް ރަށްރަށުގައި ޕޮޒިޓިވް ކޭސްތައް ހުރީ 300 އިން މަތީގައެވެ. ބައެއް ރަށްރަށުގައި 200 އިން މަތީގައި އަދި 100 އިން މަތީގައިވެސް ނަންބަރު އެބަހުއްޓެވެ.

މިދިޔަ ހަފްތާގައި ބައެއް ދުވަސް ދުވަހު މުޅި ރާއްޖެއިން 400 ވުރެ ގިނަ މީހުން ޕޮޒިޓިވްވީ ދުވަސްތައް ގިނައެވެ. އިއްޔެގެ ނަންބަރު ހުރީވެސް 400 އިން މަތީގައެވެ.