ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޭޑޭ

ޖިންސީ ގޯނާއާ ދެކޮޅަށް އަޑުއުފުލައިފި

May 1, 2021

މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ގޯނާ އާއި ފުރައްސާރައާއި ދެކޮޅަށް މާލޭގައި މިރޭ މުޒާހަރާކޮށްފި އެވެ

ޒުވާނުންތަކެއް ހިމެނޭ "ރައިޒް އަޕް އެމްވީ" މޫވްމަންޓުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި ހަރަކާތް ފެށީ މިރޭ ރަސްފަންނު ސަރަހައްދުންނެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު ލިބޭ މީހުންނަށް ފިޔަވަޅު ނޭޅޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ވަކިން ހާއްސަކޮށް ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ވަޒީރު އަލީ ވަހީދު ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގެން މައްސަލާގައި ވަރަށް ބޮޑަށް އަޑުއުފުލާފައިވެ އެވެ.

އަޑުގަދަ ކުރާ ބޭނުންކޮށްގެން ރަސްފަންނު ސަރަހައްދުގައި އަޑުުއުފުލުމަށްފަހު ހަރަކާތުގެ ބައިވެރިން ވަނީ އެމީހުންގެ ޝުއޫރުތައް ފާޅުކުރަމުން މަޖީދީ މަގުން އިރަށްވާ ގޮތަށް ކުރިއަށް ހިނގައިގެންފަ އެވެ. އެކަމަކު މަޖީދީ މަގު ސަން ފްރޮންޓް ފިހާރަ އާއި ހަމައިން ފުލުހުން ވަނީ އިހްތިޖާޖުގެ ބައިވެރިން ހުއްޓުވާފަ އެވެ. އެވަގުތު ހިނގާދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

މި މުޒާހަރާ މިރޭ ކުރިއަށް ގެންދިޔައީ ކޮވިޑް 19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން ތިބީ ގައިދުރުކޮށްގެން އަދި މާސްކް ވެސް އަޅައިގެންނެވެ.

ފުލުހުން މި މުޒާހަރާ ހުއްޓުވީ ފަސް މީހުންނަށް ވުރެ ގިނައިން މާލެ ސަރަހައްދުގައި އެއްވެ އުޅުމަކީ އެޗްޕީއޭ އިން މަނާކޮށްފައިވާ ކަމެއް ކަމަށް ބުނެ ނަސޭހަތް ދިނުމަށްފަހު އެވެ. ފުލުހުންގެ އެންގުމާ އެއްގޮތަށް މުޒާހަރާގެ ބައިވެރިވިން އަމަލުނުކުރުމުން މުޒާހަރާ ހުއްޓުވީ ޕެޕާސްޕްރޭ ޖަހާ ބާރުގެ ބޭނުންކޮށްގެންނެވެ.