ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޮލީވުޑް

ޝޫޓަރު ދާދީ، ޗަންދްރޯ ތޯމަރް ވެސް ކޮވިޑް ޖެހި މަރުވެއްޖެ

"ޝޫޓަރު ދާދީ" ގެ ނަމުން މަޝްހޫރުވެފައިވާ ޗަންދްރޯ ތޯމަރް އަށް ކޮވިޑް ޖެހި އެ ބަލީގައި އޭނާ ދާދިފަހުން ވަނީ މަރުވެފަ އެވެ. ހިންދީ ފިލްމު "ސާންޑް ކީ އާންކް"ގައި ފެންނަނީ "ޝޫޓަރު ދާދީ" ގެ ހަގީގީ ވާހަކަ އެވެ. ފިލްމުގައި ޗަންދުރޯގެ ރޯލު އަދާކުރީ ބޫމީ ޕެޑްނޭކަރް އެވެ.

ބޫމީ ކުރި ޓުވީޓެއްގައި ލިޔެފައިވާ ގޮތުގައި ޗަންދްރޯ ދާދީގެ ކުއްލި މަރާ ގުޅިގެން ހިތް ހަލާކުވެއްޖެ އެވެ. ގައިގެ އެއްބައި ވަކިވެގެން ދިޔަކަމުގެ އިހްސާސެއް ކުރެވިފައިވާ ކަމަށް ވެސް ބޫމީ ބުންޏެވެ.

"އޭނާއަކީ އަމިއްލަ ގޮތްތަކެއްގައި ހިފަހައްޓައިގެން އަންހެން ކުދިންނަށް އެ މީހުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަގު ދައްކައިދިން މީހެއް،" ބޫމީގެ ޓުވީޓްގައި ވެއެވެ.

"ސާންޑް ކީ އާންކް"ގައި ބޫމީ އާއެކު ޕްރަކާޝީ ތޯމަރްގެ ރޯލު އަދާކުރި ތާޕްސީ ޕަންނޫ ވެސް ވަނީ ޝޫޓަރު ދާދީ މަރުވުމުން ވަރަށް ދެރަވެ ހިތާމަކުރާ ކަމަށް ބުނެ ޓުވީޓްކޮށްފަ އެވެ. އަދި އުންމީދުކޮށް އެ އުންމީދުތައް ފުރިހަމަކުރަން ދަސްކޮށްދިން އެތައް ސަތޭކަ އަންހެންކުދިންނެއް އޭނާގެ މަތިން އަބަދުގެ އަބަދަށް ހަނދާން ކުރާނެ ކަމަށް ތާފްސީ ލިޔެފައި ވެއެވެ.

އިންޑިއާގެ ނިއުސް އެޖެންސީއަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި "ޝޫޓަރު ދާދީ"އަށް ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރީ އެޕްރީލް 26 ވަނަ ދުވަހު އެވެ. އަދި އެޑްމިޓްކުރިތާ މާ ގިނަ ދުވަހެއް ނުވެ އޭނާ މަރުވީ އެވެ.