ހަބަރު

އަދީބުގެ ބަންދަށް އަނެއްކާވެސް 15 ދުވަސް ޖަހައިިފި

Nov 8, 2015
2
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
0%
0%
0%

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަންދަށް އަނެއްކާވެސް 15 ދުވަސް މިއަދު ކްރިމިނަލް ކޯޓުން ޖަހައިދީފި އެވެ. މިދިއަ މަހުގެ 24 ވަނަ ދުވަހު ސިންގަޕޫރުން މާލެ ވަޑައިގެންނެވި ވަގުތު އެއާޕޯޓުން ހައްޔަރުކޮށް ދޫނިދޫގައި ހައްޔަރުކޮށްފައިވާ އަދީބަށް ފުރަަތަމަ ބަންދުޖެހީ 25 އޮކްޓޫބަރުގަ އެވެ.

އޭގެ ފަހުން އެ މައްސަލަ ހައިކޯޓްގައި އަދީބުގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައިކޯޓް ތާއިދުކޮށްފައި ވަނީ ދަށުކޯޓުގެ ނިންމަށެވެ.

އަދީބު ބަންދުގައި ހުންނަވަނިކޮށް އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް މަޖިިލިސްއަށް ވައްދައި މިހާރު ވަނީ އޭނާ ނައިބު ރައީސް ކަމުގެ މަގާމުން ދުރުކޮށްފަ އެވެ. އަދި މިއަދު ދެވަނަ ފަހަރަށް އޭނާގެ ބަންދަށް 15 ދުވަސް ދިނީ އޭނާގެ ފަރާތުން ވަކާލާތު ކުރައްވާ ގާނޫނީ ވަކީލު ހުސައިން ޝަމީމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ މައްސަލަ ނިމެންދެން ސަސްޕެންޑްކޮށްފައި ހުންނަވަނިކޮށެވެ. މިއަދު ބަންދު މުއްދަތު ދިނީ ވެސް ވީޑީއޯ ކޮންފަރެންސް މެދުވެރުކޮށެވެ.

ދޫނިދޫގައި އަދީބު ބަންދުކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް "ފިނިފެންމާ" ލޯންޗުގައި ދިން ބޮމުގެ ހަމަލާއަށްފަހު ފެށި ތަހުގީގުގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވި ފުލުހުންނަށް ބައެއް ހެކި ލިބުމާ ގުޅިގެނެވެ.

އަދީބާއެކު އޭނާއާ ގުޅުން އޮތް ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށް އޭނާއާ ގުޅުން ހުރި ބައެއް މީހުން ހޯދަން އިއުލާންކޮށް ބައެއް ތަންތަނަށް ބަލައި ފާސްކޮށް ބައެއް ތަކެތި ވަނީ ގެންގޮސްފަ އެވެ. އަދި އޭގެ ފަހުން މި ހަމަލަ އާއި އަދީބާ ގުޅޭ ގިނަ ކަންތަކެއް ފެންމަތިވެ އޭގެ ތެރެއިން ބައެއް ކަންކަމުގެ ތަފުސީލު ވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ.

ސަރުކާރުން ބުނެފައި ވަނީ އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރާނެ ކަމަށެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345