ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

މިރޭ ވެކްސިން ދޭނީ ފެބްރުއަރީގައި ފުރަތަމަ ޑޯޒް ޖެހި މީހުންނަށް

ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ 12 ހަފްތާ ހަމަވެފައިވާ ނުވަތަ ހަމަވާން ކައިރިވެފައިވާ މީހުންނަށް އިސްކަން ދިނުމުގެ ގޮތުން މިރޭ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދެވޭނީ ހަމަ އެކަނި ފެބްރުއަރީ މަސް ތެރޭ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ކޮންމެ ރެއަކުވެސް ސެންޓަރުތަކުގައި ބޮޑެތި ކިއުތައް އޮވެއެވެ. އަދި ވަގުތު ހަމަވުމުން އެތައް ބަަޔަކު ކިއުގައި ތިއްބާ ވެކްސިން ދިނުން ހުއްޓާލާތީ ހިތްހަމަނުޖެހުން އޮވެއެވެ. ރޭވެސް ބައެއް ސެންޓަރުތަކުގައި އެތައް ބަޔަކު އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އަޑުއުފުލާފައިވެއެވެ.

އެޗްޕީއޭއިން ދެންމެ ބުނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ 12 ހަފްތާ ހަމަވެފައިވާ ނުވަތަ ހަމަވާން ކައިރިވެފައިވާ މީހުންނަށް އިސްކަން ދިނުމުގެ ގޮތުން މިރޭ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދެވޭނީ ހަމަ އެކަނި ފެބްރުއަރީ މަސް ތެރޭ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް ކަމަށެވެ. އަދި ވެކްސިން ދިނުން ކުރިއަށްދާނީ ސޯޝަލް ސެންޓަރުގަ އާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުގައި ކަމަށެވެ. ނަންބަރު ދޫކުރުމުގައި ވެކްސިން ކާޑާށް ބަލާނެ އެވެ.

އެޗްޕީއޭއިން ބުނީ ވެކްސިން އަށް ގެނައި ބަދަލަކީ ކިއު ބޮޑުވުމާއި އަދި 12 ހަފްތާ ވާ މީހުންނަށް އިސްކަން ދިނުމުގެ ގޮތުން ގެނެވުނު ބަދަލެއް ކަމަށެވެ. އަދި 12 ހަފްތާ ވާ މީހުންނަށް ވެކްސިން ދެވޭނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.