ދިރާގު

ދިރާގު އަހަރީ ޖަލްސާ މި މަހު 20 ގައި

ދިރާގުން މި އަހަރު ބާއްވާ 2020 ވަނަ އަހަރުގެ އަހަރީ ޖަލްސާ މި މަހު 20 ގައި ބާއްވަން ހަމަޖައްސައިފި އެވެ.

ވާޗުއަލްކޮށް ބާއްވާ ދިރާގުގެ މި އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވަން ނިންމާފައިވަނީ ފަހިވޯޓު ޕޯޓަލް މެދުވެރިކޮށެވެ. ޖަލްސާ އޮންނާނީ މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ޖަހާއިރު އެވެ.

މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އަހަރީ އާންމު ޖަލްސާގައި ބައިވެރި ވެވޭނެ އެވެ.

މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާ ދާރުންނަށް ހިއްސާގެ ގޮތުގައި ބަހާނެ މިންވަރު ފާސްކުރުމާއި މިދިޔަ އަހަރުގެ ކުންފުނީގެ ރިޕޯޓު ފާސްކުރުމާއި، އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، 2021 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރުން އައްޔަން ކުރުން ހިމެނެ އެވެ.

މިދިޔަ އަހަރު ދިރާގަށް ފައިދާގެ ގޮތުގައި 732 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ހިއްސާ އަކަށް 7.23 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާ އަށް ހުށަހަޅަން ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފަ އެވެ.