ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ވެކްސިން ފުރިހަމަ ކުރުމުން ލިބޭ ލުއި ނުދޭން ނިންމައިފި

ކޮވިޑް-19 ގެ ވެކްސިން ފުރިހަމަ ކުރުމުން ލިބޭ ލުއި ނުދޭން ނިންމައިފި އެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ދެ ޑޯޒް ވެކްސިް ޖަހަން ޖެހެއެވެ. ރާއްޖޭގައި މިހާރު ދެ ޑޯޒް ޖަހާފައިވާ މީހުންގެ މީހުންގެ އަދަދު ލައްކައަށްވުރެ ގިނަ އެވެ. ވެކްސިން ފުރިހަމަ ކޮށް 14 ދުވަސް ހަމަވުމުން ކަރަންޓީން ނުވެ ރަށްރަށަށް ދެވޭނެ އުސޫލެއް އެޗްޕީއޭއިން އޮތީ އިއުލާނުކޮށްފައެވެ.

ނަަމަވެސް މިރޭ ސަރުކާރުން އިއުލާނުކުރި ފިޔަވަޅުތަކުގައި ބުނެފައިވަނީ ވެކްސިން ފުރިހަމަ ކުރުމުން ލިބޭ ލުއި ނުދޭން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ސަރުކާރުގެ އޮފީސްތައް ބަންދުކޮށް ހިދުމަތް ދިނުން އޮންްލައިން ކުރުމަށްވެސް ވަނީ ނިންމާފައެވެ. އަދި މާލެ ސަރަހައްދުގައި ޕާކުތަކާއި މައިޒާންތައް ބަންދު ކުރުމާއި ކުޅިވަރުކުޅޭ ތަންތަނާއި ދުވާ ޓްރެކުތަކާއި ސްވިމިން ޓްރެކްތައް ބަންދުކުރުމާއި ކުޅިވަރުކުޅުމާއި ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ހުއްޓައިލުމަށްވެސް ވަނީ އަންގާފައެވެ.

އަދި މާލެ ސަރަހައްދުގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދު މަނާކުރުމާއި ހުއްދައާއެކު ޒަރޫރީ ބޭނުންތައްކަށް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމާއި ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށަށް ދަތުރުކުރުންވެސް މަނާކޮށްފައިވެއެވެ.

ސިނާއީ މަސައްކަތް ކުރާ ރަށްރަށުން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމާއި އިންޑިއާއިން ދިވެހިރާއްޖެއަށް އަންނަ ދިވެހިންނާއި ވާކްޕާމިޓް ހޯލްޑަރުން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރުމާއި ކަރަންޓީނަށް ފަހު ޕީސީއާރު ޓެސްޓް ހެދުމާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ދަތުރުކުރުމަށް ދެވިފައިވާ ލުއިތައް މެދުކަނޑައިލުމަށްވެސް ވަނީ ނިންމާފައެވެ.