މިނިސްޓްރީ އޮފް އެޑިއުކޭޝަން

ނުހައިކުގެ އާއިލާއަށް އެޑިއުކޭޝަނުން ތައުޒިޔާ ފޮނުވައިފި

May 4, 2021

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 11 އަހަރުގެ ނުހައިކް ބިން މުހައްމަދު ރިޔާޒް މަރުވުމާއި ގުޅިގެެން އެޑިއުކޭޝަން މިނިސްޓްރީން ނުހައިކުގެ އާއިލާއަށް ތައުޒިޔާ ފޮނުވައިިފި އެވެ.

ނުހައިކު އަކީ ޖަމާލުއްދީން ސުކޫލުގައި ތައުލީމު ހާސިލު ކުރުންދިޔަ ދަރިވަރެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނުހައިކުގެ ވަކިވެދިއުމާއި ގުޅިގެން އާއިލާއަށް ތައުޒިޔާ ފޮނުވާ ކަމަށެވެ.

ވާހަކަ ނުުދެއްކުމާއި އަޑު އިވުމުންވެސް މަހުރޫމްވެފައިވާ ނުހައިކު ގެންދިޔައީ ކެންސަރުގެ ނުރައްކާތެރި ވައްތަރެއް ކަމުގައިވާ ބާކިޓް ލިމްފޯ އަށް ފަރުވާ ހޯދަމުންނެވެ. ކެންސަރު ޖެހިފައިވާކަން އެނގިފައިވަނީ މީގެ ތިން ދުވަސް ދުވަސް ކުރީންނެވެ.

އިންޑިއާގައި ނުހައިކު މަރުވީ ކީމޯ ތެރަޕީގެ ފުރަތަމަ ޑޯޒްގެ ފަހުން ހާލު ގޯސްވެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. މީގެ ދެތިން ދުވަސް ކުރީން ޑޮކްޓަރުން ވަނީ ނުހައިކު ގަދަވާނެ ކަމުގެ އުންމީދު ކަނޑާލާފައެވެ.