ބޮލީވުޑް

ބަޔޮޕިކް ކުޅުމުގެ ޝައުގެއް ވިދްޔާގެ ނެތް

Nov 9, 2015

މިފަހަކަށް އައިސް މަޝްހޫރު އެކި މީހުންގެ ހަޔާތުގެ މައްޗަށް ފިލްމު އުފެއްދުން މިވަނީ ގިނަވެފަ އެވެ.

ދެހާސް އެގާރަވަނަ އަހަރު ނިކުތް ފިލްމު "ދަ ޑާޓީ ޕިކްޗާ" އިން ވިދްޔާ ބާލަން އަށް ނޭޝަނަލް އެވޯޑް ލިބި، ބަޔޮޕިކް ކުޅުމުގެ ފުރުސަތު އޮހެމުން އައި ނަމަވެސް މިވަގުތު ބަޔޮފިކް ކުޅުމުގެ މާބޮޑު ޝައުގުވެރިކަމެއް ވިދްޔާގެ ނެތެވެ.

މިފަހުން ވެސް ވިދްޔާ އަށް ވަނީ އިންޑިއާގެ ކުރީގެ ޕްރައިމް މިނިސްޓަރު އިންދިރާ ގާންދީ އާއި ޕާކިސްތާނުގެ ކުރީގެ ޕްރައިމް ނިނސްޓަރު ބޭނަޒީރު ބުއްޓޫ އާއި ކުރީގެ ބަތަލާ ސުޗިތްރާ ސެންގެ އިތުރުން ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެމްއެސް ސުބޫލަކްޝްމީގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު ކުޅުމުގެ ހުށަހެޅުންތައް ލިބިފަ އެވެ.

އެންމެ ފަހުން "ހަމާރީ އަދޫރީ ކަހާނީ" އިން ފެނިގެން ގޮސްފައިވާ ވިދްޔާ ބުނެފައިވަނީ އޭނާ ބައެއް ބަޔޮޕިކްތައް ކުޅެން ސޮއި ކޮށްފައިވާ ކަމުގެ އަޑުތައް އަރާކަމަށާއި ނަމަވެސް އެއިން އެއްވެސް ވާހަކައަކީ ހަގީގަތެއް ނޫންކަމަށެވެ.

"މިވަގުތު ބަޔޮޕިކް ކުޅުމުގެ ޝައުގެއް ނެތް. ކުޅެން ނިންމައިފިނަމަ އެކަން އަންގާނަން" ބައެއް ބަޔޮޕިކްތައް ކުޅުމަށް ވިދްޔާ ސޮއިކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ބުނެފައިވެ އެވެ.

އިތުރު ބަޔޮޕިކްއެއް ކުޅެން ސޮއިކޮށްފައި ނުވި ނަމަވެސް ވިދްޔާ "އޭކް އަލްބޭލާ" ކިޔާ ފިލްމެއްގެ ހާއްސަ ފެނިލުމަކުން ފެނިގެންދާނެ އެވެ.

މިފިލްމާއި ބެހޭގޮތުން ވާހަކަދައްކަމުން ވިދްޔާ ވަނީ މިފިލްމުގައި ފެނިގެންދަނީ ހާއްސަ ފެނިލުމަކުން ކަމަށްވާތީ އެރޯލަށް ވަކި ތައްޔާރީއެއް ނުވާ ކަމަށެވެ. އަދި މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހު ކަމަށްވެސް ވިދްޔާ ވަނީ ބުނެފަ އެވެ.

މަރާތީ ފިލްމު "އޭކް އަލްބޭލާ" ގައި ވިދްޔާ ފެނިގެންދާނީ ކުރީގެ މަޝްހޫރު ބަތަލާ ގީތާ ބާލީގެ ރޯލުންނެވެ. އަދި މިފިލްމަކީ ފިލްމީ ތަރި އަދި ޑައިރެކްޓަރު ބާގްވަން ދާދާގެ ފިލްމީ ކެރިއަރުގެ މައްޗަށް އުފައްދާ ފިލްމެކެވެ.