ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ހިދުމަތް ދިނުމަށް ކޯޓުތަކަށް އަންގައިފި

ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ކޯޓު ތަކުން ލިބޭ ހިދުމަތްތައް މެދުނުކެނޑޭނެ ގޮތަށް ހިދުމަތް ފޯރުކޮށްދިނުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންގައިފި އެވެ.

ޖޭއެސްސީން ހުރިހާ ކޯޓުތަކަކަށް އެގޮތަށް މިއަދު އަންގާފައިވަނީ ކޮވިޑް 19ގެ ކޭސްތައް ރާއްޖޭގައި އިތުރުރުވަމުންދާތީ ބަލި ކޮންޓްރޯލް ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް ސަރުކާރުން އެޅުމާ ގުޅިގެންނެވެ.

ޖޭއެސްސީން ބުނީ މާލެ ސަރަހައްދުގެ ކޯޓުތަކާއި ކޮވިޑް 19އާއި ގުޅިގެން އެޗްޕީއޭ އިން އެ ރަށަކަށް ވަކި ހާއްސަ ފިޔަވަޅުތައް އަޅާފައިވާ ރަށްރަށުގެ ކޯޓުތަކުގެ މަސައްކަތްތައް ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު މެދުނުކެނޑި ކުރިއަށް ގެންދަން އަންގާފައިވާނެ ކަމަށެވެ.

ކޮވިޑްގެ ހާލަތު މިދިޔަ އަހަރުގެ ތެރޭގައި ގޯސްވުމުން މާލެ ސަރަހައްދުގެ ކޯޓުތަކުގައި ޝަރީއަތްތައް ކުރިއަށް ގެންދިޔައީ އޮންލައިން ކޮށެވެ. އޭގެފަހުން މިއަދާ ހަމައަށްވެސް މާލެ ސަރަހައްދުގައި އަމަލުކުރަނީ އެ އުސޫލުންނެވެ.

ޖޭއެސްސީގެ ސެކްރެޓަރީ ޖެނަރަލް އިޒްމީރާ ޝިހާމް މިރޭ އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮވިޑް 19ގެ ހާލަތު އަނެއްކާ ވެސް ގޯސްވުމާ ގުޅިގެން ކޮންމެހެން މީހަކު ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރަން ޖެހޭ ހާލަތެއްގައި ނޫނީ ކޯޓަށް ހާޒިރު ނުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ވެސް ކޯޓުތަކަށް މިހާރު އަންގާފައިވާނީ ހިދުމަތްތަކަށް ދަތިނުވާ ވަރަށް ވީހާވެސް މަދު މުވައްޒަފުން ބޭނުންކޮށްގެން ހިދުމަތް ދޭން" އިޒްމީރާ ވިދާޅުވި އެވެ.