އޮޑިޓާ ޖެނެރަލް އޮފީސް

"އޮޑިޓް އެޕް" ތައާރަފް ކޮށްފި

May 5, 2021
1

އޮޑިޓާ ޖެނެރަލްސް އޮފީހަށް މޯބައިލް އެޕްލިކޭޝަނެއް އުފައްދާ ތައާރަފް ކޮށްފި އެވެ.

"އޮޑިޓް އެޕް" ގެ ނަމުގައި އޮޑިޓް އޮފީހަށް ހާއްސަ މި އެޕް ތައާރަފް ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ އެވެ. މި އެޕްގެ ބޭނުމަކީ އެ އޮފީހުގައި ކުރިއަށްދާ މަސައްކަތްތަކުގެ މައުލޫމާތު އާންމުންނާ ހިއްސާ ކުރުމެވެ.

އެޕް މެދުވެރިކޮށް އޮޑިޓް އޮފީހުން ހޯދަން ބޭނުންވާ މައުލޫމާތުތަކަށް ރިކްއެސްޓް ކުރުމުން ލިބޭނެ އިންތިޒާމު ހަމަޖެހެ އެވެ.

އޮޑިޓް އެޕް ބުރާސްފަތި ދުވަހުން ފެށިގެން ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ.