ޓްރާންސްޕޯޓް އޮތޯރިޓީ

ލައިސަންސް ހިދުމަތް މެދުކަނޑާލައިފި

މާލެ މަގުމަތި: އަލަށް ލައިސަންސް ނެގުން ވަގުތީ ގޮތުން ވަނީ މެދުކެނޑިފައި
0%
0%
0%

އެއްގަމު އިންޖީނުލީ އުޅަނދު ދުއްވުމަށް އަލަށް ލައިސަންސް ނަގާ ފަރާތްތަކަށް ލައިސަންސް ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނީ އެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލީ ކޮވިޑް-19 އިގެ ހާލަތު ރާއްޖޭގައި އިތުރަށް ގޯސްވަމުން ދާތީ ކަމަށެވެ. -- އަލަށް ލައިންސަންސް ނަގާ ފަރާތްތަކުން ތިއަރީ ޓެސްޓެއްގެ އިތުރުން ޕްރެކްޓިކަލް ޓެސްޓެއް ވެސް ހަދަން ޖެހެ އެވެ.

އަލަށް ލައިސަންސް ނަގާ ފަރާތްތަކަށް ދޭ ހިދުމަތް މެދުކަނޑާލި ނަމަވެސް މުއްދަތު ހަމަވެފައިވާ ލައިސަންސް ކާޑު އާ ކޮށްދިނުމުގެ ހިދުމަތް އޮންލައިންކޮށް ކުރިއަށް ދާނެ އެވެ. އަދި އެ އޮތޯރިޓީން ދޭ އެހެނިހެން ހިދުމަތްތައް ވެސް އޮންލައިންކޮށް ދޭނެ އެވެ.

ކޮވިޑް ފެތުރުން ގިނަވެފައި ވާތީ ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުން މިއަދުން ފެށިގެން މަސައްކަތް ކުރާނީ އޮންލައިނުކޮށެވެ. ނަމަވެސް ކޮންމެހެން އޮފީހަށް ދާން ޖެހެއްޖެ ހާލަތެއްގައި އޮފީހަށް ދިއުމުގެ ހުއްދަ ލިބޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345