މީޑިއާނެޓް

މީޑިއާނެޓް މަލްޓި ސްކްރީނަށް "ބައިވެރިޔާ"

May 6, 2021

މީޑިއާނެޓް މަލްޓި ސްކްރީނުގައި ބައިވެރިޔާ ފިލްމް ދައްކަން ތައްޔާރު ވެއްޖެ އެވެ.

ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ މި ފިލްމް މީޑިއާންޓް މަލްޓި ސްކްރީނުގައި ދައްކަން އޮތީ މާދަމާ އެވެ.

ބައިވެރިޔާ ފިލްމުން ދައްކުވައި ދޭނީ ފިލްމީ ދާއިރާގައި ކެރިއަރެއް ބިނާ ކުރުމަށް އާއިލާ އާއި ދުރައްދާ އަންހެން ކުއްޖަކަށް ދިމާވާ ކަންތައްތަކެވެ.

މި ފިލްމުގެ ލީޑް ރޯލުން ފެންނާނީ ޝީލާ ނަޖީބް، އަހްމަދު އަޒްމީލް، މަލީހާ ވަހީދު އަދި އަހުމަދު ސައީދެވެ. ފިލްމް ލިޔެ ޑައިރެކްޓް ކޮށްފައި ވަނީ ޔޫއްޕެ އެވެ. ޕްރޮޑިއުސް ކޮށްފައި ވަނީ އިސްމާއީލް ޝަފީގާއި ނިއުމާ މުހައްމަދެވެ.

ބައިވެރިޔާ އަކީ މީޑިއާނެޓް މަލްޓި ސްކްރީނަށް އަންނަ ޔޫއްޕެގެ ފުރަތަމަ ފިލްމެވެ.

މީޑިއާނެޓް މަލްޓި ސްކުރީނުގެ ވީޑިއޯ އޮން ޑިމާންޑްގަ ހިމެނޭ ތަފާތު ފިލްމް އަދި ސީރީސް ތަކުގެ އިތުރުން ޗެނަލްތައް ވެސް ބަލައިލެވޭނެ އެވެ. މަލްޓި ސްކުރީން އެޕްލިކޭޝަން ފޯން، ޓެބްލެޓް އަދި ލެޕްޓޮޕް ބޭނުން ކޮށްގެން ކޮންމެތާކުން ވެސް ބަލައިލެވޭނެ އެވެ.